އްސާރައިގައި މާލޭގެ އެކި ހިސާބުތަކުގައި ފެންބޮޑުވަމުންދާތީ އެމްއެންޑީއެފުން ފެންހިންދަނީ، ފޮޓޯ: އެމްއެންޑީއެފް
އްސާރައިގައި މާލޭގެ އެކި ހިސާބުތަކުގައި ފެންބޮޑުވަމުންދާތީ އެމްއެންޑީއެފުން ފެންހިންދަނީ، ފޮޓޯ: އެމްއެންޑީއެފް
މިހާރު ކުރަމުންދާ ވިއްސާރައިގައި މާލޭގެ އެކި ހިސާބުތަކުގައި ފެންބޮޑުވަމުންދާތީ އެމްއެންޑީއެފުން ހަރަކާތްތެރިވާން ފަށައިފިއެވެ.

އެމްއެންޑީއެފުން އެކްސްގައި ހިއްސާ ކުރި ޕޯސްޓެއްގައި ބުނީ މާލެއަށް ބޯކޮށް ވާރޭވެހި މަގުތަކުގައި ފެންބޮޑުވަމުން ދާތީ، ފެން ހިންދުމުގެ މަސައްކަތުގައި އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއިން ހަރަކާތްތެރިވަމުން ދާކަމަށެވެ.

އަދި މިވަގުތު ފެން ހިންދުމަށްޓަކައި މާލޭގެ ތިން ސަރަހައްދެއްގައި ޕަންޕު ބަހައްޓައިގެން ސިފައިން މަސައްކަތް ކުރަމުންދާ ކަމަށްވެސް ވަނީ ބުނެފައެވެ.



މޫސުމާ ބެހޭ ގައުމީ އިދާރާއިން ބުނީ މި ހަފްތާ ބަންދުގައި މުޅި ރާއްޖެއަށް ބޯކޮށް ވާރޭވެހުމާއެކު ގުގުރާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ.

މި ވިއްސާރައާ ގުޅިގެން މެޓުން ވަނީ ރ. އަތޮޅުން ފެށިގެން އދ. އަތޮޅަށް ހުދު ސަމާލުވެސް ނެރެފައެވެ.

މިދުވަސްވަރު ކުރަމުން ދަނީ ހުޅަނގު މޫސުމުގެ ވިއްސާރަ ކަމަށާއި، އެހެންކަމުން ކަނޑުދަތުރު ކުރާ ފަރާތްތަކުން އެކަމަށް ސަމާލުވުމަށް މެޓް އޮފީހުން މީގެ ކުރިން ވަނީ އިލްތިމާސްކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު