ހުޅުމާލޭގައި ހުންނަ އެންސިސްގެ ގުދަނުގައި މިރޭ ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން، އެ ސަރަހައްދުގައި ދިރިއުޅޭ މީހުން ރައްކާތެރި ފިޔަވަޅުތަކެއް އެޅުމަށް ފުލުހުން އިލްތިމާސްކޮށްފިއެވެ.
ފުލުހުން މިރޭ ނެރުނު ބަޔާނެއްގައި ބުނީ، ހުޅުމާލެ، ފޭސް 1، އިންޑަސްޓްރިލް ޒޯންގައި ހިނގާފައިވާ އަލިފާނުގެ ހާދިސާގެ ސަބަބުން އެ ސަރަހައްދުގައި ދުން ބޯވެ ފެތުރެމުން ދާތީ، ދުރު ފެންނަ މިންވަރު ދަށްވެފައިވާ ކަމަށާއި މި ހާދިސާގެ ސަބަބުން، ހާއްސަކޮށް ނޭވާލުމުގެ ދަތިކަން ހުންނަ ފަރާތްތަކަށް ސިއްހީ ގޮތުން ނޭދެވޭ އަސަރުތަކެއް ކުރުމުގެ ފުރުސަތު އޮތް ކަމަށެވެ.
އެހެންކަމުން، ޒަރޫރީ ބޭނުންތަކުގައި މެނުވީ އެ ސަރަހައްދަށް ނުދިއުމަށާއި އެ ސަރަހައްދުން ދަތުރުކުރާ ފަރާތްތަކުން މަގު ބޭނުންކުރާއިރު ހާއްސަ ސަމާލުކަމެއް ދިނުމަށް ފުލުހުންވަނީ އެދިފައެވެ. އަދި އެ ސަރަހައްދުގެ ކައިރި ހިސާބުތަކުގައި ދިރިއުޅޭ އެންމެހައި ފަރާތްތަކުން ގޭގެ ކުޑަދޮރުތަކާއި ދޮރުތައް ލައްޕާފައި ބެހެއްޓުމަށް ވަނީ އެދިފައެވެ.
އޭގެ އިތުރުން ބޭރަށް ނުކުންނަން ޖެހިއްޖެނަމަ މާސްކު އެޅުންފަދަ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ވަނީ އިލްތިމާސްކޮށްފައެވެ.
އަދި އެ ސަރަހައްދުގައި މަސައްކަތްކުރާ ފުލުހުންގެ އިރުޝާދުތަކާ އެއްގޮތަށް ހުރިހާ ފަރާތްތަކުން ވެސް އަމަލު ކުރުމަށް ވެސް ފުލުހުންގެ ބަޔާނުގައި ވަނީ އެދިފައެވެ.
މިރޭ ހިނގި ހާދިސާގައި ރޯވި އަލިފާންގަނޑު އަދިވެސް އެއްކޮށް ނިއްވާނުލެވޭކަމަށް މައުލޫމާތު ލިބެއެވެ.

ކިޔުންތެރިންގެ ހިޔާލު