ރާއްޖޭގެ މޫދު އަޑީގެ މަންޒަރެއް
ރާއްޖޭގެ މޫދު އަޑީގެ މަންޒަރެއް
ސައުތު އަރި މެރިން ޕްރޮޓެކްޓެޑް އޭރިޔާ ގައި ފީނަން އުޅުނު ފަތުރުވެރިޔަކު މަރުވެއްޖެއެވެ.

ސައުތު އަރި މެރިން ޕްރޮޓެކްޓެޑް އޭރިޔާ (ސަމްޕާ) އަކީ ފަތުރުވެރިންގެ މެދުގައި މަގްބޫލު ފެހުރިހި ޖަމާވާ ސަރަހައްދެކެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުން މިއަދު ބުނީ، އދ އަތޮޅުގައި ހިންގާ ރިސޯޓެއްގެ ފުއްޓަރު ބޭރަށް ފީނަން އެރިއުޅުނު ފަތުރުވެރިއެއް މަރުވެފައިވާކަމުގެ މައްސަލަ 2025 ޖުލައި 6 ވަނަ ދުވަހުގެ 12:28 ހާއިރު ފުލުހުންނަށް ހުށަހެޅިފައިވާ ކަމަށެވެ.

ފުލުހުން ބުނީ، މަރުވެފައި ވަނީ އުމުރުން 47 އަހަރުގެ ފިރިހެނެއް ކަމަށާއި އެއީ އެމެރިކާގެ ރައްޔިތެއް ކަމަށެވެ. އަދި މި މައްސަލަ ފުލުހުން ތަހުގީގު ކުރަމުން ގެންދާ ކަމަށްވެސް ބުނެފައިވެއެވެ.

ސަމްޕާ ސަރަޙައްދުގައި ފީނަން އުޅުނު ފަތުރުވެރިޔަކު މަރުވެފައިވާއިރު، ފެހުރިއްސަކީ 2016 ވަނަ އަހަރުގެ ޖުލައި މަހުގައި އިންޓަރނޭޝަނަލް ޔޫނިއަން ފޯ ކޮންސަވޭޝަން އޮފް ނޭޗަރ (އައި. ޔޫ. ސީ. އެން)ގެ ރެޑް ލިސްޓް އޮފް ތްރެޓަންޑް ސްޕީޝީސްގައި ނެތި ދިއުމުގެ ބިރުހީވެފައިވާ ދިރުމެއްކަމަށް ކަނޑައަޅާފައިވާ ދިރުމެކެވެ.



ކިޔުންތެރިންގެ ހިޔާލު