ސްޓްރެސް ނުވަނަ ބޯހާސްވުމަކީ އަޅުގަނޑުމެންގެ ދިރިއުޅުމުގެ ބައެކެވެ. ދިރިއުޅުމުގައި ކުރިމަތިވާ އެކިއެކި ގޮންޖެހުންތަކާ ގުޅިގެން މީހާގެ ހަށިގަނޑަށާއި ސިކުނޑިއަށް ކުރާ ނޭދެވޭ އަސަރުތަކަށް ސްޓްރެސް ނުވަތަ ހާސްކަން ކިޔައެވެ. މި ހާސްކަން މާ ބޮޑުވެ، ދިގުދެމިގެންދާނަމަ، މީހާގެ ހަނދާނުގެ ގާބިލިއްޔަތަށް ވަރަށް ބޮޑަށް އަސަރުކުރުމަކީ އެކަށީގެންވާ ކަމެކެވެ.
މީހާ ސްޓްރެސްވުމާއެކު ހަށިގަނޑުން ކޯޓިސޯލް ފަދަ ސްޓްރެސް ހޯރމޯންތައް ދޫކުރަން ފަށައެވެ. މި ހޯރމޯންތަކުގެ ސަބަބުން ސިކުނޑީގެ މަސައްކަތަށް ވަގުތީ ގޮތުން ބަދަލުތަކެއް އާދެއެވެ. މިސާލަކަށް، މާ ބޮޑަށް ސްޓްރެސް ވެފައި ހުންނައިރު، އެއްޗަކަށް ސަމާލުކަން ދިނުމަށާއި، މައުލޫމާތު ދިގު މުއްދަތަށް ހަނދާނުގައި ބެހެއްޓުމަށް ދަތިތަކެއް ކުރިމަތިވެދާނެއެވެ. އަދި 'ޝޯޓް ޓާމް މެމޮރީ' ބަލިކަށިވެ، ދިރިއުޅުމުގައި ކުރާ އާދައިގެ ކަންކަން ކުރަންވެސް ދަރިވެދާނެއެވެ.
ދިގު މުއްދަތަށް ސްޓްރެސް ކުރިމަތިވުމަކީ ސިކުނޑީގެ ހަނދާނާ ގުޅުންހުރި މުހިންމު ބައި، ހިޕޯކެމްޕަސް އަށް ނޭދެވޭ އަސަރުކުރާ ކަމެކެވެ. ކޯޓިސޯލް ދިގު މުއްދަތަށް ސިކުނޑީގައި ހުރުމުން، ހިޕޯކެމްޕަސްގެ ސެލްތަކަށް ގެއްލުންވެ، އާ ސެލްތައް އުފެއްދުން މަދުވެއެވެ. ނަތީޖާއެއްގެ ގޮތުން، އާ މައުލޫމާތު ދަސްކުރުމާއި ހަނދާނުގައި ބެހެއްޓުމުގެ ގާބިލިއްޔަތު ދަށްވެއެވެ. މިކަމުގެ ސަބަބުން ކަންކަން ހަނދާން ނެތި، ހާސްކަން އިތުރުވެ، ދިރިއުޅުމުގެ ފެންވަރު ދަށްވެއެވެ.
ސްޓްރެސްގެ ސަބަބުން ހަނދާނަށް ކުރާ އަސަރު ތަފާތު ވައްތަރުގެ ހަނދާންތަކަށްވެސް ފޯރައެވެ. މިސާލަކަށް 'ވޯކިން މެމޮރީ' އަކީ ވަގުތީ ގޮތުން މައުލޫމާތު ހަނދާނުގައި ބަހައްޓައިގެން ކަންކަން ކުރިއަށް ގެންދިއުމަށް ބޭނުންވާ ހަނދާނެކެވެ. ސްޓްރެސް ވުމުން މި ހަނދާނަށް ނޭދެވޭ އަސަރުކޮށް، މައުލޫމާތު ރަނގަޅަށް ބޭނުން ނުކުރެވޭ ހާލަތު ދިމާވެއެވެ. އަދި 'އެޕިސޯޑިކް މެމޮރީ' އަކީ ވަކި ވަގުތެއްގައި، ވަކި ތަނެއްގައި ހިނގާފައިވާ ކަންކަން ހަނދާންކުރުމުގެ ގާބިލިއްޔަތެވެ. ސްޓްރެސްގެ ސަބަބުން މިފަދަ ހަނދާންތައްވެސް ވަރަށް ބޮޑަށް ދަށްވެއެވެ.
ސްޓްރެސްގެ ސަބަބުން ހަނދާނަށް ކުރާ އަސަރުތައް ކުޑަކުރުމަށްޓަކައި، ސްޓްރެސް މެނޭޖްކުރުމަކީ ވަރަށް މުހިންމު ކަމެކެވެ. އެގޮތުން ކަސްރަތުކުރުމާއި، އެކަށީގެންވާ ވަރަށް ނިދި ލިބިގަތުމަކީ ސްޓްރެސް މެނޭޖު ކުރުމަށް އެހީވެދޭނެ ކަންކަމެވެ.

ކިޔުންތެރިންގެ ހިޔާލު