ހުޅުމާލެ ފޭސް 1 ގެ ޗައިނާ ޓައުން ފްލެޓެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައި ބޮޑެތި ގެއްލުންތަކެއް ލިބިއްޖެއެވެ.
މި ހާދިސާ ހިނގާފައިވަނީ 94 ވަނަ ފްލެޓުގައި ބިދޭސީން ދިރިއުޅެމުންދާ އެޕާޓްމެންޓެއްގައެވެ.
މިހާރު އަލިފާންގަނޑު ކޮންޓްރޯލު ކުރެވިފައިވާއިރު، އެ އެޕާޓްމެންޓަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށް އެމްއެންޑީއެފުން ވަނީ ބުނެފައެވެ.
އެންއެންޑީއެފުން ހިއްސާކުރި ފޮޓޯއިން ފެންނަ ގޮތުގައި ހާދިސާ ހިނގި އެޕާޓްމަންޓްގެ ކޮޓަރިއަށް ވަނީ ބޭނުންނުކުރެވޭ ވަރުގެ ގެއްލުންތައް ވެފައެވެ.
އަދި ކޮޓަރީގެ ކުޑަދޮރު އެއްކޮށް ހަލާކުވެ، މަތީ އެޕާޓްމެންޓުގެ އޭސީއަށްވެސް ކޮންމެވެސް ވަރަކަށް ގެއްލުންތަކެއް ލިބިފައި ވެއެވެ.
މި ހާދިސާ ހިނގަން މެދުވެރިވި ސަބަބެއް އަދި އެނގިފައެއް ނުވެއެވެ. މިއީ މި އެޕާޓްމެންޓުގައި ހިނގި މިފަދަ ދެވަނަ އަލިފާނުގެ ހާދިސާއެވެ.
މިއަހަރު ކުރީކޮޅުވެސް 94 ވަނަ ފްލެޓުގެ މި އެޕާޓްމެންޓުގައި އަލިފާނުގެ ހާދިސާއެއް ހިނގި ކަމުގެ މައުލޫމާތު ވަނީ ލިބިފައެވެ. ނަމަވެސް އެފަހަރު މާ ބޮޑު ގެއްލުންތަކެއް ނުލިބެނީސް އަލިފާން ކޮންޓްރޯލު ކުރެވުނެވެ.

ކިޔުންތެރިންގެ ހިޔާލު