މިރޭ މާލޭގައި ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި ނިޔާވެފައިވަނީ މަޝްހޫރު ލަވަކިޔުންތެރިޔާ މުޙައްމަދު ޢަބްދުލް ޣަނީ (ތޭރަވާ) އަދި އަޝްފާގެ ފިރިހެން ދަރިފުޅު އަލްޝަން ކަމަށް މައުލޫމާތު ލިބިއްޖެއެވެ.
މިރޭ ހިނގި އެކްސިޑެންޓުގައި 3 މީހަކަށް ބޮޑެތި އަނިޔާތަކެއް ވިއެވެ. އޭގެ ތެރޭގައި ހިމެނެނީ 17 އަހަރުގެ ކުއްޖަކާއި 14 އަހަރުގެ ކުއްޖެއް އަދި މަގުމަތިން ހިނގާފައި ދިޔަ 40 އަހަރުގެ މީހެކެވެ. އޭގެ ތެރެއިން ނިޔާވެފައިވާ 17 އަަހަރުގެ ކުއްޖާއަކީ ތޭރަގެ ދަރިފުޅުކަމަށް ވަނީ މައުލޫމާތު ލިބިފައެވެ.
މި އެކްސިޑެންޓު ހިނގީ ބޮޑުތަކުރުފާނު މަގު ބަސް ޓާމިނަލް ކައިރީ ޒިބްރާ ކްރޮސްގައެވެ. އެކްސިޑެންޓު ހިނގަން މެދުވެރިވީ ޒިބްރާ ކްރޮސް އިން މީހަކު ހުރަސް ކުރަނިކޮށް ސައިކަލުން އައިސް އޭނާގެ ގައިގައި ޖެހުމުންނެވެ.
މި ހާދިސާގެ ސީސީޓީވީ ފުޓޭޖު މިހާރު އާންމުވެފައިވާއިރު، އެ ވީޑިއޯއިން ފެންނަގޮތުގައި ބާރު ސްޕީޑުގައި ދުއްވާފައިދިޔަ ސައިކަލު ގޮސް ޒިބްރާކްރޮސް އިން ހުރަސްކުރަން ދިޔަ މީހެއްގެ ގައިގައި ޖެހި ސައިކަލުގެ ކޮންޓްރޯލް ގެއްލި ގޮސް ޖެހެނީ ދުއްވާފައިދިޔަ ޕިކަޕެއްގައެވެ. އޭގެ ތެރެއިން އެއްކުއްޖަކު އޮތީ ޕިކަޕް ދަށުވެފައިކަމަށް ވެސް މައުލޫމާތު ލިބެއެވެ.

ކިޔުންތެރިންގެ ހިޔާލު