ގިރާވަރު ފަޅު ހިއްކުމުގެ މަސައްކަތް ހަވާލުކޮށްފައިވާ ކުންފުންޏާއެކު ވެފައިވާ އެއްބަސްވުން ބާތިލުކޮށް، އެ މަސައްކަތް އަލުން ފެށުމަށް މަސައްކަތް ކުރަމުންދާ ކަމަށް ހައުސިން މިނިސްޓަރ ޑރ. ޢަބްދުﷲ މުއްޠަލިބް ވިދާޅުވެއްޖެއެވެ.
ރޭ ބޭއްވި "އަހާ ފޯރަމް" ގައި ވާހަކަ ދައްކަވަމުން މިނިސްޓަރ ވިދާޅުވީ އެއްބަސްވުން ބާތިލުކުރަން ނިންމާފައިވަނީ، ކުރީ ސަރުކާރުން އެކުލަވާލި އެއްބަސްވުމުގެ ސަބަބުން ސަރުކާރަށް ގެއްލުންވެފައިވާތީއާއި ގިރާވަރުފަޅުން ގޯތި ލިބޭ ފަރާތްތަކަށް އަވަހަށް ގޯތި ހަވާލުކުރުމަށްޓަކައި ކަމަށެވެ.
މިނިސްޓަރ ވިދާޅުވީ، ގިރާވަރުގެ ރައްޔިތުންނަށްވެސް ގުޅީފަޅުން ގޯތި ދޭ ގޮތަށް ވަރަށް އަވަހަށް ގޯތި ދޭން ޖެހޭކަމަށް ޤަބޫލުކުރައްވާ ކަމަށެވެ. އެހެންނަމަވެސް ތަފާތު އެކި ސަބަބުތަކާހުރެ ގޯތި ދިނުން ލަސްވެފައިވާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
ރޭގެ ފޯރަމްގައި ވާހަކަ ދައްކަވަމުން މިނިސްޓަރ ވަނީ ގޯތި ދިނުން ލަސްވެފައިވާ ސަބަބުތަކުގެ ތަފްސީލުވެސް ދެއްވާފައެވެ.
އެގޮތުން މިނިސްޓަރ ވިދާޅުވީ ގިރާވަރު ފަޅު ހިއްކުމަށް އެއްބަސްވުން އެކުލަވާލާފައިވަނީ މޯލްޑިވްސް ފަންޑް މެނޭޖްމަންޓް ކޯޕަރޭޝަނާއި ނެދަލޭންޑްސްގެ ސީއެމްސީ-ބޮސްކާލިސް ޖޮއިންޓު ވެންޗާ ކުންފުންޏާދެމެދުގައި ކަމަށެވެ.
ގިރާވަރުފަޅު ހިއްކުމަށްޓަކައި ކުރީ ސަރުކާރުން އެޑްވާންސް ޕޭމަންޓްގެ ގޮތުގައި ދެފަހަރެއްގެ މަތިން 20 މިލިޔަން ޑޮލަރު ދީފައިވާއިރު، އިތުރަށް މަސައްކަތް ކުރުމަށްޓަކައި އިތުރަށް ފައިސާ ދިނުމަށް އެ ކުންފުނިން ޑިމާންޑް ކުރުމުން، އިތުރު 15 މިލިޔަން ޑޮލަރުވެސް ސަރުކާރުން ދައްކާފައިވާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
މި މަޝްރޫއުގައި ޖުމްލަ 160 ހެކްޓަރުގެ ބިން ހިއްކުމަށް ހަވާލުކޮށްފައިވާއިރު، ހިއްކާފައި އޮތީ އެންމެ 60 ހެކްޓަރުގެ ބިންކަން މިނިސްޓަރ ފާހަގަ ކުރެއްވިއެވެ.
"ދެން އެފަރާތުން ޑިމާންޑް ކުރީ ހިއްކާފައި އޮތް މިންވަރަށް ވާވަރަށް ޑިމާންޑްކުރާ އަދަދަށް ފައިސާ ދިނުމަށް. ޙަޤީގަތުގައި ބެލިބެލުމުން އެތަނުގައި ހިއްކާފައި އޮތީ 20 މިލިޔަން ޑޮލަރަށް ވާވަރަށް،" މިނިސްޓަރ ވިދާޅުވިއެވެ.
މިނިސްޓަރ އިތުރަށް ވިދާޅުވީ ގިރާވަރުން އަވަހަށް ގޯތިދިނުމަށްޓަކައި އެ ފަރާތާއެކު ވެފައިވާ އެއްބަސްވުން ބާތިލުކުރުމަށް ނިންމައި ބަންޑާރަނައިބުގެ އޮފީހުން އެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށެވެ. އެހެންނަމަވެސް އަދާ ހަމައަށް އެއަށް ހައްލެއް ލިބިފައި ނުވާކަންވެސް މިނިސްޓަރ ފާހަގަ ކުރެއްވިއެވެ.
ކުރީ ސަރުކާރުން އެގްރީމަންޓް ހަދާފައި އޮތީ ސަރުކާރަށް ވަރަށްބޮޑަށް ގެއްލުން ވާގޮތަކަށްކަން ފާހަގަކުރައްވައި މިނިސްޓަރ ވިދާޅުވީ މިހާރުވެސް އެކުންފުންޏަށް 35 މިލިޔަން ޑޮލަރު ދީފައިވުމުން، ސަރުކާރުން މަސައްކަތް ކުރަނީ އިތުރަށް ބަދަލެއް ނުދީ އެއްބަސްވުން ބާޠިލްކުރެވޭނެ ގޮތަކަށް އެކަން ކުރުމަށްކަމަށެވެ.
އަދި ކޮންޓްރެކްޓަރާއެކު ވެފައިވާ އެއްބަސްވުން ބާޠިލްކުރެވުނުހާ އަވަހަކަށް ގިރާވަރުން ގޯތިދިނުމުގެ މަސައްކަތް ފެށުމަށް މަސައްކަތް ކުރަމުންދާ ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު