ތިލަމާލެ ބުރިޖުގެ މަސައްކަތްތަކުގެ ތެރެއިން ވިލިމާލެއާއި ގުޅިފަޅު ގުޅާލައިފިއެވެ.
އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު އެކްސްގައި ވިދާޅުވީ ވިލިމާލެއާއި ގުޅިފަޅު ބުރިޖުން ގުޅާލަން އަޅަން ޖެހޭ އެންމެ ފަހު ސެގްމެންޓްގެ މަސައްކަތް ނިމިފައިވާ ކަމަށެވެ.
އަދި މިއީ ބުރިޖުގެ މަސައްކަތް ނިމުމަށް އެޅުނު މުހިންމު މައިލްސްޓޯންއެއް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ގުޅިފަޅާ ބުރިޖު ގުޅާލުމާ ގުޅިގެން އެ މަސައްކަތް ކުރަމުންދާ އެފްކޮންސް ކުންފުންޏަށް ވެސް މުއްތަލިބު މަރުހަބާ ވިދާޅުވިއެވެ.
"މިކަން ފުރިހަމަކޮށްދިނުމުގައި އެހީތެރިވި ހުރިހާ ފަރާތްތަކަށާއި އިންޑިއާ ސަރުކާރަށް ޝުކުރު ދަންނަވަން" މިނިސްޓަރު ވިދާޅުވިއެވެ.
ވިލިމާލެއާއި ގުޅިފަޅު ބުރިޖުން ގުޅާލިއިރު މިދިޔަ އޮގަސްޓު މަހު މާލެއާ ވިލިމާލެވެސް ބުރިޖުން ވަނީ ގުޅާލައިފައެވެ.
މި ސަރުކާރުން ވެރިކަމަށް އައިއިރު ބުރިޖުގެ ނިމިފައި އޮތީ ތިން ބައިކުޅައެއްބައެވެ. ނަމަވެސް މި ސަރުކާރުން ވެރިކަމަށް އައުމަށް ފަހު ބުރިޖުގެ މަސައްކަތް ވަނީ ހަލުވިކޮށްފައެވެ.

Another significant milestone as the final segment of the bridge between Villimalé and Gulhifalhu was erected today, joining the two islands and bringing us closer to a more connected future.
— Abdulla Muththalib (@muththo) October 30, 2026
Congratulations to AFCONS, Arup and the MIHUD team on this achievement. My sincere… pic.twitter.com/xCQFzMJB9J
"މިކަން ފުރިހަމަކޮށްދިނުމުގައި އެހީތެރިވި ހުރިހާ ފަރާތްތަކަށާއި އިންޑިއާ ސަރުކާރަށް ޝުކުރު ދަންނަވަން" މިނިސްޓަރު ވިދާޅުވިއެވެ.
ވިލިމާލެއާއި ގުޅިފަޅު ބުރިޖުން ގުޅާލިއިރު މިދިޔަ އޮގަސްޓު މަހު މާލެއާ ވިލިމާލެވެސް ބުރިޖުން ވަނީ ގުޅާލައިފައެވެ.
މި ސަރުކާރުން ވެރިކަމަށް އައިއިރު ބުރިޖުގެ ނިމިފައި އޮތީ ތިން ބައިކުޅައެއްބައެވެ. ނަމަވެސް މި ސަރުކާރުން ވެރިކަމަށް އައުމަށް ފަހު ބުރިޖުގެ މަސައްކަތް ވަނީ ހަލުވިކޮށްފައެވެ.
ކިޔުންތެރިންގެ ހިޔާލު