ރައީސް އޮފީސް --
ރައީސް އޮފީސް --
ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް) ގެ ދެ މެންބަރެއްގެ މަގާމު ހުސްވާތީ އެ މަގާމުތަކަށް މީހުން އައްޔަނުކުރުމަށް ކުރި އިއުލާނާ ގުޅިގެން އެކަށީގެންވާ ތަރުހީބެއް ލިބިފައި ނުވާތީ އަލުން އެ ފުރުސަތު ހުޅުވާލައިފިއެވެ.

އެޗްއާރްސީއެމްގެ މެންބަރުކަމުގައި މިހާރު ތިއްބެވި ނައިބުރައީސް މޫމިިނާ ވަހީދާއި އާމިނަތު ޝިފާތު އަބްދުއް ރައްޒާގުގެ މެންބަރު ކަމުގެ ދައުރު އަންނަ ސެޕްޓެމްބަރު 8 ގައި ހަމަވާނެއެވެ. އެހެންވެ ރައީސް އޮފީހުން މީގެ ކުރިންވެސް މިކަމަށް އެދި ހުށަހެޅުމަށް އިއުލާނު ކުރިއެވެ. ނަމަވެސް، ރައީސް އޮފީހުން ބުނީ އެކަށީގެންވާ އަދަދަށް މީހުން ކުރިމަތިލާފައި ނުވާކަމަށެވެ. ނަމަވެސް އެ މަގާމަށް އެދި ހުށަހެޅީ ކިތައް މީހުންކަމެއް ރައީސް އޮފީހުން ބުނެފައެއް ނުވެއެވެެ.

ރައީސް އޮފީހުން ބުނީ މެންބަރުކަމަށް އެދި ހުށައަޅާ ފޯމު ބަލައިގަތުމަށް ހަމަޖެހިފައި ވަނީ ރަސްމީ ބަންދު ދުވަސްތައް ފިޔަވައި، އެހެން ދުވަސްތަކުގައި ހެނދުނު 8:30 އިން މެންދުރު 12:00 އަށް ރައީސް އޮފީހުން ކަމަށެވެ. އެޗްއާރްސީއެމްގެ މެންބަރު ކަމަށް ކުރިމަތިލުމަށް އެދޭ ފޯމު ރައީސް އޮފީހުގެ ވެބްސައިޓުން ޑައުންލޯޑް ކުރެވޭގޮތަށް ވަނީ ހަމަޖައްސާފައެވެ.

މިކަމަށް އެދި ހުށަހެޅުމުގެ ފުރުސަތު ރައީސް އޮފީހުން ހުޅުވާލީ މި މަހުގެ 30 އާއި ހަމައަށެވެ.



ކިޔުންތެރިންގެ ހިޔާލު