ދިވެހިރާއްޖޭގައި އިންސާނީ ހައްގުތައް ރައްކާތެރިކުރުމަށާއި ރައްޔިތުންގެ ލާބަޔާއި މަންފާއަށްޓަކައި މުއައްސަސާތަކުގެ މެދުގައި އޮންނަ ގުޅުން އިތުރަށް ހަރުދަނާކުރުމާ ގުޅޭގޮތުން، އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު، ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް) ގެ މެންބަރުންނާ ބައްދަލުކުރައްވައި މަޝްވަރާކުރައްވައިފިއެވެ.
މި ބައްދަލުކުރެއްވުމާ ގުޅޭގޮތުން މިނިސްޓަރު ޑރ. ޝަހީމް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އެޗްއާރުސީއެމާއެކު ބޭއްވުނު މި ބައްދަލުވުމަކީ ދެފަރާތުގެ މަސްލަހަތު ހިމެނޭ މުހިންމު ކަންކަމުގައި ބިނާކުރަނިވި ގޮތެއްގައި ޚިޔާލު ބަދަލުކުރުމަށް ލިބުނު އަގުހުރި ފުރުސަތެއް ކަމަށެވެ. އަދި އިންސާނީ ހައްގުތަކާއި ރައްޔިތުންގެ ލާބައާ ގުޅުންހުރި ކަންކަމުގައި މުއައްސަސާތަކުގެ މެދުގައި އޮންނަ ގުޅުން ވަރުގަދަކޮށް، ހުޅުވާލެވިފައިވާ މަޝްވަރާތައް ދެމެހެއްޓުމުގެ މުހިންމުކަމާމެދު ދެފަރާތުން އެއްބަސްވެވިފައިވާ ކަމަށްވެސް މިނިސްޓަރ ފާހަގަކުރެއްވިއެވެ.
މީގެއިތުރުން، އެ ކޮމިޝަނުން ދެއްވި އެއްބާރުލުމަށް ޝުކުރު އަދާކުރައްވަމުން މިނިސްޓަރު ވިދާޅުވީ، ގައުމީ މަސްލަހަތު އިސްކޮށްގެން ދެ މުއައްސަސާގެ ދެމެދުގައި މިފަދަ މަޝްވަރާތަކާއި އެއްބާރުލުން ކުރިއަށް އޮތްތަނުގައިވެސް ދެމިއޮންނާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.
މިނިސްޓަރު ޝަހީމްގެ ޕޯސްޓު ނިންމަވާލައްވަމުން ވަނީ، މި ގުޅުމުގެ ސަބަބުން އިންސާނީ ކަރާމާތަށް އިހުތިރާމުކުރުމާއި، އެކަކު އަނެކަކަށް އޮންނަ ދެނެގަތުން އިތުރުވެ، ދިވެހިރާއްޖޭގެ އާންމު މަސްލަހަތާއި ލާބައަށް މަގުފަހިވެގެން ދާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު