ހިތަކީ އިންސާނާގެ ހަށިގަނޑު ހިންގުމުގައި އެންމެ މުހިންމު ދައުރެއް އަދާކުރާ ގުނަންތަކުގެ ތެރެއިން އެއް ގުނަވަން ކަމަށްވީއިރު، ހިތަށް ދިމާވާ ކޮންމެ މައްސަލައަކީ ވަރަށް ސީރިއަސް މައްސަލައެކެވެ. އެގޮތުން ހާޓް އެޓޭކަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި، ޚާއްސަކޮށް ތަރައްގީވަމުން އަންނަ ގައުމުތަކުގައި، ގިނަ ބަޔަކުގެ ފުރާނައަށް ނުރައްކާވާން ދިމާވާ މައްސަލަތަކުގެ ތެރޭގައި ހިމެނޭ އެއް މައްސަލައެވެ. މިއީ ހިތަށް ލޭ ފޯރުކޮށްދޭ ނާރުތަކަށް އަންނަ ބަދަލެއްގެ ސަބަބުން، ހިތުގެ މަސްތަކަށް ބޭނުންވާވަރަށް އޮކްސިޖަންއާއެކު ލޭ ނުލިބުމުގެ ސަބަބުން ދިމާވާ މައްސަލައެކެވެ.
ތިރީގައި މި ހިމަނާލަނީ ހާޓް އެޓޭކްގެ ރިސްކު އިތުރުވާ ބައެއް ސަބަބުތަކެވެ.
ސްޓްރެސްވުން
މާބޮޑަށް ސްޓްރެސް ވުމަކީ ހަމައެކަނި ނަފްސާނީ ސިއްހަތަށް އަސަރު ކުރާ ކަމެއް ނޫނެވެ. ސްޓްރެސްގެ ސަބަބުން ހިތުގެ ސިއްހަތަށްވެސް އަސަރު ކުރެއެވެ. ސްޓްރެސްވުމުން މީހާގެ ހަށިގަނޑަށް ލިބެންޖެހޭ އަރާމު ބޭނުންވާ މިންވަރަށް ނުލިބެއެވެ. މީގެ ސަބަބުން ހަށިގަނޑަށް ހަމައަކަށް އެޅުމުގެ ފުރުސަތެއް ނުލިބެއެވެ. އަދި މިކަމުގެ ސަބަބުން ހިތަށް ބާރު ބޮޑުވެ، ހާޓް އެޓޭކު ފަދަ މައްސަލަތައް ދިމާވެއެވެ.
ހިކޭ ބޭސް ބޭނުން ކުރުން
ހަށިގަނޑުގައި ހުންނަ ސަރުބީ ވިރުވުމަށް ބޭނުން ކުރާ ތަފާތު އެކިކަހަލަ ބޭސްތައް މާ ގިނައިން ބޭނުން ކުރުމަކީވެސް އޭގެ ސަބަބުން ހިތުގެ ސިއްހަތަށް އަސަރު ކުރާ ކަމެކެވެ. މި އެއްޗެހީގައި އާންމު ގޮތެއްގަައި ހުންނަ ސްޓިމިއުލެންޓުތަކަކީ ހިތުގެ ތެޅުން އިތުރުކޮށް، ލޭގެ ޕްރެޝަރު މަތިކޮށްދޭ މާއްދާތަކެކެވެ. އެހެންވެ މި އެއްޗެހި ބޭނުން ކުރާނަމަ ހިތުގެ މައްސަލަތައް، އަދި ޙައްސަކޮށް ހާޓް އެޓޭކް ޖެހުމުގެ ރިސްކު އިތުރު ވެއެވެ.
ކޮލެސްޓްރޮލް މަތިވުން
ހަށިގަނޑުގައި ގެއްލުންދެނިވި ކޮލެސްޓްރޮލް (އެލްޑީއެލް) ގިނަވުމަކީ ހިތަށް ލޭ ފޯރުކޮށްދޭ ނާރުތަކުގެ އެތެރޭ ފާރުގައި ސަރުބީ ޖަހައި، ނާރުތައް ހަނިވެ، ހަރުވުމަށް (އެތެރޯސްކްލެރޯސިސް) މަގުފަހިވާ ކަމެކެވެ. މި ސަރުބީތައް ގިނަވެ ބޮޑުވަމުންދާ ވަރަކަށް، ލޭ ހިނގުން ހުއްޓި، ހާޓް އެޓޭކް ޖެހުމުގެ ނުރައްކާ އިތުރުވެއެވެ.

ކިޔުންތެރިންގެ ހިޔާލު