ޢިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާބެހޭ ވަޒީރު މުޙައްމަދު ސަޢީދުގެ ބައްޕާފުޅު އަދި ދައުލަތަށް ގިނަ ދުވަހު ޚިދުމަތް ކުރެއްވި ސަޢީދު ޢަބްދުﷲ އަވަހާރަވުމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެ ޢާއިލާއަށް ތަޢުޒިޔާ ފޮނުއްވައިފިއެވެ.
ސަޢީދު ޢަބްދުﷲ އަވަހާރަވުމާއި ގުޅިގެން ރައީސް ޑރ. މުޢިއްޒު މީސްމީޑިއާގައި ހިއްސާކުރެއްވި މެސެޖެއްގައި ވިދާޅުވީ ވަޒީރު ސަޢީދުގެ ބައްޕާފުޅު، ހއ. ތުރާކުނު، ވިނަރެސް ސަޢީދު ޢަބްދުﷲ އަވަހާރަވި ޚަބަރު އަޑުއެއްސެވީ ނުހަނު ފުންހިތާމައާއެކުގައި ކަމަށެވެ.
ހަމައެއާއެކު ރައީސް ވިދާޅުވީ މަރުޙޫމް ސަޢީދު ޢަބްދުﷲ އަކީ ހއ.ތުރާކުނުގެ ވެރިކަމުގެ ދާއިރާގެ އިސް މަޤާމުތަކުގައި 20 އަހަރަށްވުރެ ގިނަ ދުވަހު ޚިދުމަތް ކުރައްވާފައިވާ، ޤަދަރުވެރި ބޭފުޅެއް ކަމަށާއި، ޚުލްޤު ހެޔޮ، ދީންވެރި، ހަރުދަނާ ޝަޚްޞިއްޔަތެއް ކަމަށެވެ.
ރައީސްގެ މެސެޖްގައި ވަނީ މަރުޙޫމްގެ ޢާއިލާއަށް ތަޢުޒިޔާ ދަންނަވައި، މާތްﷲގެ ރުއްސެވުމާއި ފުއްސެވުމުގައި، ސުވަރުގޭގެ މަތިވެރި ނިޢުމަތާއި ރަޙްމަތުގައި މަރުޙޫމް ސަޢީދު ޢަބްދުﷲ ލަހައްޓެވުންއެދި ދުޢާ ދަންނަވައިފައެވެ.
މަޢުލޫމާތު ލިބިފައިވާ ގޮތުގައި ސަޢީދުގެ ބައްޕާފުޅު އަވަހާރަވެފައި ވަނީ ރޭގެ ވަގުތެއްގައި އިންޑިއާގައެވެ.
ސަޢީދު ޢަބްދުﷲ ދައުލަތަށް ޚިދުމަތް ކުރެއްވި ދިގު މުއްދަތުގެ ތެރޭގައި ހއ. ދިއްދޫގައި ހުރި އަތޮޅު ފިހާރައިގެ މެނޭޖަރުކަމާއި އުލިގަމު ކުޑަކަތީބުކަމާއި ތުރާކުނުގެ ކުޑަކަތީބު ކަމާއި ކަތީބުކަން ވަނީ ކުރަށްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު