ބަންގްލަދޭޝްގެ އަސްކަރިއްޔާގެ ތަމްރީނުތަކުގައި އުޅުނު މަތިންދާބޯޓެއް ވެއްޓި ހިނގި ހިތާމަވެރި ހާދިސާއާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ތައުޒިޔާ ވިދާޅުވެއްޖެއެވެ.
ބަންގްލަދޭޝްގެ އަސްކަރިއްޔާގެ މަތިންދާ ބޯޓު ވެއްޓުނު މި ހާދިސާގައި 19 މީހަކު ވަނީ މަރުވެފައެވެ. އޭގެ އިތުރުން ގިނަ ބަޔަކަށް އެކިވަރުގެ އަނިޔާތައް ވެސް ވެފައިވެއެވެ. އަދި އެ ބޯޓު ވެއްޓުނީ ބަންގްލަދޭޝްގެ އުއްތަރާ ސަރަޙައްދުގައި ހުންނަ މައިލްސްޓޯން ސްކޫލް އެންޑް ކޮލެޖުގެ ދަނާލަށެވެ.
މި ހާދިސާއާ ގުޅިގެން އެކްސްގައި ރައީސުލްޖުމްހޫރިއްޔާ ވަނީ މި ހާދިސާގައި އެތައް ބަޔަކު މަރުވެ، އަދި އެތައް ބަޔަކަށް އަނިޔާ ލިބުމާއި ގުޅިގެން އެ ޤައުމުގެ ސަރުކާރުގެ ޗީފް އެޑްވައިޒަރ ޔޫނުސް މުހައްމަދާއި އެ ޤައުމުގެ ސަރުކާރާއި ރައްޔިތުންނަށް ތައުޒިޔާ ވިދާޅުވެފައެވެ.
މިއަދު ހިނގި މި ހާދިސާގެ ވީޑިއޯތައް މިހާރު އާންމުވެފައިވާއިރު އެ ބޯޓުގައި ވަރަށް ބޮޑަށް ރޯވެ މުޅި ސަރަހައްދުގައި ދުން ފެތުރިފައިވާތަން ފެނެއެވެ. އަދި މައިލްސްޓޯން ސްކޫލްގެ ބައެއް ދަރިވަރުންނަށް ވެސް ގެއްލުންވެގެން ފަރުވާއަށް ހޮސްޕިޓަލަށް ގެންދާ މަންޒަރު ފެނެއެވެ.
މިހާދިސާ ހިނގަން މެދުވެރިވި ސަބަބު އަދި ހާމަކޮށްފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު