ހިނގާލަން ދިޔުމަކީ އެންމެ 'ލޯ އިމްޕެކްޓް' ކަސްރަތެވެ. ގަވާއިދުން ހިނގާލަން ދާނަމަ މީހާގެ ބަރުދަން ލުއިވެ، ބައްޓަން އެއް ހަމައެއްގައި ހިފަހައްޓަައިދޭން އެހީވެދެއެވެ. އަދި ސިއްހީ އެތައް މައްސަލަތަކުންވެސް މީހާ ދުރުކޮށްދޭން އެހީވެދެއެވެ. ނަމަވެސް އެންމެ އުނދަގޫ ކަމަކީ ހިނގަން ދާން ފަށާ ގޮތަށް އެކަން ހުއްޓާނުލާ ކުރުމެވެ. އެކަން އާދައަކަށް ހެދުމެވެ.
މިފަހަރު މި ހިމަނާލަނީ ކޮންމެ ދުވަހަކު ހިނގަން ދާން އުނދަގޫވާނަމަ އެކަން އާދަ ކުރުމަށްޓަކައި ކުރެވިދާނެ ބައެއް ކަންކަމެވެ.
ގޯލެއް ސެޓް ކުރުން
ހިނގުން އާންމުކޮށް ގުނައި ހަދަނީ މީހާއަށް އެޅޭ ފިޔަވަޅުތަކުންނެވެ. އެހެންވެ، މިކަން އާދައަކަށް ހަދަން ބޭނުންވާނަމަ ކޮންމެ ދުވަހަކަށްވެސް ވަކި ވަރަކަށް ފިޔަވަޅު އަޅަން ނިންމައި ގޯލެއް ސެޓު ކުރަން ޖެހެއެވެ. ނަމަވެސް މިހެން ގޯލު ސެޓު ކުރާއިރު، ތިމާއަށް ހާސިލް ކުރެވޭފަދަ ގޯލެއް ސެޓު ކުރުމަށް ސަމާލުވާން ޖެހެއެވެ. މިސާލަކަށް 10000 ފިޔަވަޅުގެ ބަދަލުގައި 5000 ފިޔަވަޅު އަޅަން ނިންމައި ގޯލެއް ސެޓު ކުރެވިދާނެއެވެ. މިހެން ހެދުމުން އެ ގޯލް ހާސިލް ކުރަން ފަސޭހަވެއެވެ.
އެއް ގަޑިއެއްގައި ހިނގުން
ހިނގާލަން ދާން ގަސްތުކުރާނަމަ ކޮންމެ ދުވަހަކުވެސް އެއް ގަޑިއެއްގައި އެކަން ކުރުމަށް ސަމާލު ވުމަކީވެސް މުހިންމު ކަމެކެވެ. އެގޮތުން ކޮންމެ ދުވަހަކުވެސް ވަޖި ވަގުތެއް އެކަމަށް ހުސްކޮށް، އެގަޑީގައި ހިނގާލަން ދިއުމަށް ފަރުވާ ބަހައްޓަން ޖެހެއެވެ. މިހެން ހެދުމުން މިކަމަށް މީހާގެ ހަށިގަނޑު ހޭނި، މިކަން އާދައަކަށް ވާނެއެވެ.
އެހެން މީހަކާއެކު ހިނގާލަން ދިއުން
އެކަނި ހިނގާލަން ދާން ވެއްޖެނަމަ ގިނަ ފަހަރަށް އެކަަން އޮންނަނީ ނުވެފައެވެ. އެހެންކަމުން މިކަން އާދައަކަށް ހަދަން ބޭނުންވާނަމަ ރައްޓެއްސަކާއެކު ނުވަތަ ގާތް އަވައްޓެރިއަކާއެކު މިކަން ކުރަން ނިންމަން ޖެހެއެވެ. އެހެން މީހަކާ އެކު ހިނގާލަން ދާނަމަ އެއް ދުވަސްވެސް މިސް ނުކޮށް، ދާން ބޭނުންވާނެއެވެ.

ކިޔުންތެރިންގެ ހިޔާލު