ރައީސް ޑރ. މުހައްމަޒު މުއިއްޒު މާލޭ ސިޓީ ކައުންސިލްގެ މޭޔަރުކަމުގައި ހުންނަވައިގެން ދޫކޮށްފައިވާ ބިންތަކޭ ވިދާޅުވެ، އެކި ފަރާތްތަކަށް މޭޔަރ އާޒިމް މިހާރު ބިން ބަހަމުންދާކަމަށާއި އެކަން ބަލައި ނުގަނެވޭނެ ކަމަށް ގަލޮޅު އުތުރު ދާއިރާގެ ކައުންސިލަރު ސައިފް ފާތިހު ވިދާޅުވެއްޖެއެވެ.
މާލެ ސިޓީގެ މޭޔަރ ކަމާ ހަވާލުވެ ވަޑައިގެންނެވި އިރު އާޒިމް ވަނީ ކައުންސިލުން ދޫކޮށްފައިވާ ހުރިހާ ބިންތަކެއްގެ މައުލޫމާތު އާންމުކުރާނެ ކަމަށް ވައުދުވެވަޑައިގެންފައެވެ. ނަމަވެސް މޭޔަރުކަމުގައި 500 އަށްވުރެ ގިނަ ދުވަސްވެފައިވާއިރު، އަދިވެސް އެކި އުޒުރުތައް ދައްކަވައި މި މައުލޫމާތުތައް ހާމަނުކުރާތީ އާންމުންގެ އިތުރުން މާލެ ސިޓީގެ ބައެއް ކައުންސިލަރުންވެސް ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.
ދާދި ފަހުން ރާއްޖޭގެ މީޑިއާއަކަށް ދިން އިންޓަވިއުއެއްގައި މި މައްސަލައިގައި ސައިފް ވިދާޅުވީ މާލެ ސިޓީ ކައުންސިލުން ދޫކޮށްފައިވާ ބިންތަކުގެ އޮޑިޓު ނުނިމޭކަމަށް ވިދާޅުވެ، އެ މައުލޫމާތު ކައުންސިލަރުންނާވެސް ހިއްސާކޮށްފައި ނުވާކަމަށެވެ.
ސައިފް ވިދާޅުވި ގޮތުގައި ކައުންސިލަރުންނަކީ އިންތިޒާމީ، ތަންފީޒީ އަދި އިދާރީ އެއްވެސް ބާރެއް އޮތް ބައެއް ނޫނެވެ. އަދި އެކަމުގައި އިސްކޮށް ހުންނަވާ ފަރާތަކީ މޭޔަރ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ކައުންސިލަރުން ދެނީ ޕޮލިސީ ލަފައެއް ކަމަށާއި، އެ ލަފައެއްގެ މައްޗަށް އެ ތަންްފީޒު ކުރުމާއި، އިދާރީ އިންތިޒާމްތައް ހަމަޖެއްސުމާއި އޯގަނައިޒު ކުރުމުގެ ޒިންމާ އޮންނަނީ މޭޔަރުގެ މައްޗަށް ކަމަށްވެސް ސައިފް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ކާކަށް، ކިހާ ދުވަހަކަށް، ކޮން ކުއްޔަކަށް، ކޮން ކަމަކު ދީފައި އޮތް ބިމެއްކަން ހާމަނުކޮށް، ކުރީގެ މޭޔަރު ދެއްވާފައޭ ވިދާޅުވެ ބިންހަވާލުކުރުމުގެ ޕްރޮގްރާމް މޭޔަރ އާޒިމް ކުރިއަށް ގެންދަވާ ކަމަށެވެ. އަދި ކުރީގެ މޭޔަރު ދެއްވާފައިވާ ބިންތަކޭ ވިދާޅުވެ އެކަން އެހެން ކުރުން ބަލައިނުގަނެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.
"އެހެންވެ މި ދަންނަވަނީ، ތިޔަ ބިންތައް މީހުންނާ އެބަ ހަވާލު ކުރެއްވެއޭ ތިބުނާ އޮޑިޓެއް ނުނިމުނަސް، އެކަމަކު ހާމަ ނުކުރެއްވެޔޭ ދެއްވާ ބިންތައް، އެހެންވީމަ މި ދަންނަވަނީ ހާމަކުރައްވާށޭ." ސައިފް ވިދާޅުވިއެވެ.
ސައިފް ވިދާޅުވީ އޮޑިޓުތައް ހިންގައި ކަންކަން ހަމައަކަށް އަޅުވައި، ބައްލަވާ ނިންމާއިރު އެއްވެސް މައްސަލައެއް ފެންނަން ނޯންނަ ކަމަށެވެ. އެހެންވެ، މިކަމުގައިވެސް ވާނީ ހަމަ އެގޮތަށް ނޫންތޯ ވިދާޅުވެ އޭނާ ވަނީ ސުވާލު އުފައްދަވާފައެވެ.
މޭޔަރު ކަމާ ހަވާލުވެ ވަޑައިގެންނެވި އިރު ބިންތަކުގެ މައުލޫމާތާއި، ކޮންޓްރެކްޓުތައް އާންމު ކުރާނެ ކަމަށް މޭޔަރ އާޒިމް ވިދާޅުވިނަމަވެސް، އެއިން އެއްވެސް މައުލޫމާތެއް މިހާތަނަށް ހާމަކޮށްފައި ނުވާ ކަމަށް ސައިފް ވަނީ ވިދާޅުވެފައެވެ.
"އެހެންވީމާ ދެއްކިވާހަކަ ދެކޮޅެއް ނުޖެހެއްނު؟ މޭޔަރު ކަމަށް ވަޑައިގަންނަވަމުން ވިދާޅުވީ ވަރަށް ގޯހޭ ކަންތައްތައް، އެކަމަކު ގޯސް ކަމެއް ނުފެނޭ. ރަނގަޅެއް ނުކުރެވޭ. އެއީ ކޮން ބާވަތެއްގެ ގޯހެއްތޯ؟" ސައިފް ވިދާޅުވިއެވެ.
އެހެންކަމުން، އަވަހަށް 'ހާސަރުތައް' ދިގުނުކޮށް ބިމުގެ ރަޖިސްޓްރީތައް އާންމު ކުރުމަށް ސައިފް ވަނީ މޭޔަރ އާޒިމަށް ގޮވާލައްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު