ވެލިދޫ ދާއިރާގެ މަޖިލީސް މެންބަރު މުޙައްމަދު އައްބާސްގެ އުނދަގޫ ބޮޑު ކަމަށާއި، އެއަށްވުރެ އެމްޑީޕީގެ މެންބަރުންވެސް މާ ރަނގަޅު ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
ރައީސް ޑރ. މުޢިއްޒު މިހެން ވިދާޅުވީ، މިހާރު ނ. އަތޮޅަށް ކުރަށްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ވެލިދޫ ދާއިރާގެ ފޮއްދޫއަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާ ބައްދަލު ކުރަށްވައި ވާހަކަފުޅު ދައްކަވަމުންނެވެ.
އެގޮތުން ރައީސް ވިދާޅުވީ، ނ. ފޮއްދޫގައި ސަރުކާރުން ހިންގަން ރާވާފައިވާ ކަންކަން ނުވެ ލަސްވަނީ ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އައްބާސްގެ އެއްބާރުލުން ނުލިބޭތީ ކަމަށެވެ. އަދި މެންބަރު އައްބާސްގެ އެއްބާރުލުމެއް ނުލިބޭ ތަނުގައި، ސަރުކާރުން ކަންކަން ކުރުމަށް މެންބަރު ހުރަސް އަޅަމުންދާ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
“ދާއިރާގެ އިއްޒަތްތެރި މަޖިލިސް މެންބަރުގެ އެހީތެރިކަމެއް ނުލިބޭކަން. ނުލިބޭތަނުގައި ކަންކަމަށް ހުރަސް އެޅުމަށް މަސައްކަަތް ކުރަމުންދާކަން އަޅުގަނޑު ހިތާމައާ އެކީގައި ފާހަގަކުރަން.” ރައީސް ވިދާޅުވިއެވެ.
ހަމައެއާއެކު ރައީސް ވިދާޅުވީ، ރައްޔިތުން އިންތިހާބުކޮށްފައި ހުންނަ މަންދޫބެއް ކަމުގައިވާނަމަ، ރައްޔިތުންނަށް ހިދުމަތް ކުރުމުގެ ކުރިމައްޗަށް ސިޔާސީ ހިޔާލު ތަފާތުވުން ގެނެސްގެން ނުވާނެކަމަށެވެ. އަދި އެއަށްވުރެ ޒިންމާދާރުކޮށް ޕްރޮފެޝަނަލްކަމާއެކީ އެންމެންވެސް މަސައްކަތް ކުރަން ޖެހޭނެކަން ރައީސް ފާހަގަ ކުރެއްވިއެވެ.
“އެމްޑީޕީގެ އެމްޕީންގެ ކިބައިން ވެސް އެއްގޮތަކުން ދަންނަވަންޏާ މާ ރަނގަޅު ސަރުކާރަށް ކަންކަން އޮންނަ ގޮތް. އެއީ އެބޭފުޅުން އެއްވެސް ވަރަކަށް ނުބެހޭ ކަމަކާ.” ރައީސް ވިދާޅުވިއެވެ.
ރައީސް މިހެން ވިދާޅުވެފައިވާއިރު ފަހަކަށް އައިސް އައްބާސް ގެންދަވަނީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު