މާލެ ސިޓީ ކައުންސިލް ޖަލްސާއެއްގައި މޭޔަރ އާދަމް އާޒިމް
މާލެ ސިޓީ ކައުންސިލް ޖަލްސާއެއްގައި މޭޔަރ އާދަމް އާޒިމް
މާލެ ސިޓީ ކައުންސިލްގެ ބިމެއްގެ ގޮތުގައި އޮންނަ "ތައިސޭކޮށި" މިއުޒިކް އާޓިސްޓުންނަށް ކުއްޔަށް ދޫކުރުމަށް މާލެ ސިޓީ ކައުންސިލުން ނިންމައިފިއެވެ.

މިއަދު ބޭއްވި ކައުންސިލް ޖަލްސާގައި ތައިސޭކޮށި ޒުވާނުންގެ ކަންކަމަށް ދޫކުރުމަށް ހުށަހެޅުއްވީ މާލޭގެ މޭޔަރު އާދަމް އާޒިމެވެ. އާޒިމް ކައުންސިލަށް އެ ހުށަހެޅުން ހުށަހެޅުއްވީ އެ ބިން ހުސްކޮށް ނުބާއްވާ އެތަނުންވެސް ކައުންސިލަށް އާމްދަނީ ލިބޭނެ ގޮތެއް ހޯދުމަށެވެ.

މިއަދުގެ ޖަލްސާގައި އާޒިމް ވަނީ ޖާގައިގެ ދަތި ކަމުން މިއުޒިކް އާޓިސްޓުންނަށް އެ މީހުންގެ ހުނަރުތައް ދައްކާލެވެން ނޯންނަ ކަމަށް ވިދާޅުވެ އެކަމުގެ ކަންބޮޑުވުން ވެސް ފާޅުކުރައްވާފައެވެ. ތައިސޭ ކޮށި ކުއްޔަށް ދީގެން އެ ޒުވާނުންނަށް ޝޯ ފަދަ އެއްޗެހި ބޭއްވޭނެ އިންތިޒާމު ހަމަޖެހިގެން ދާނެ ކަމަށް އޭނާ ފާހަގަ ކުރެއްވިއެވެ.

މޭޔަރު އާޒިމްގެ އެ ހުށަހެޅުއްވުން ކައުންސިލްގެ ޖަލްސާ އަށް ހާޒިރުވެވަޑައިގެންނެވި 10 މެންބަރުންގެ އިއްތިފާގުން ވަނީ ފާސްވެފައެވެ.

ތައިސޭކޮށި ކުއްޔަށް ދޫކުރަނީ ސީއެސްއާރުގެ ދަށުންނެވެ. އެގޮތުން އެތަނުގައި ޓިކެޓު ވިއްކައިގެން ޝޯ ބާއްވާ ނަމަ ކައުންސިލަށް ޓިކެޓު އާމްދަނީން އެއްބައި ލިބޭ ގޮތަށް ގަލޮޅު ދެކުނު ދާއިރާގެ ކައުންސިލް މެންބަރު ސައިފު ފާތިހު ހުށަހެޅުއްވި ހުށަހެޅުއްވުމަށް މޭޔަރު އާޒިމް ވަނީ ތާއީދު ކުރައްވާފައެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް