ތައިލެންޑާއި ކެމްބޯޑިއާ ގުޅޭ ބޯޑަރު މައްސަލައިގައި ވަރުގަދަ ހަނގުރާމައެއް ފެށިދާނެކަމުގެ އިންޒާރު ތައިލެންޑުން ދީފިއެވެ.
ތައިލެންޑާއި ކެމްބޯޑިއާ ގުޅޭ ބޯޑަރު ސަރަހައްދުގައި ހަމަނުޖެހުން އިތުރުވެ ދެގައުމު ދެމެދު ހަމަލާތައް ބަދަލުކުރަން ފަށާފައިވާއިރު މިހާތަނަށް 16 މީހަކު ވަނީ މަރުވެފައެވެ. އަދި އެތައް ހާސް ބަޔަކު ވަނީ ރައްކާތެރި ހިސާބުތަކަށް ބަދަލު ކޮށްފައެވެ.
ނިމިދިޔަ ހަފުތާގެ ބުދަ ދުވަހު ތައިލެންޑަށް ނިސްބަތްވާ ސިފައިންގެ މީހަކަށް ބޯޑަރު ސަރަހައްދުން މައިނަކަށް އެރި ގޮވުމުގެ ސަބަބުން އެމީހާގެ އެއް ފައި ބުރިވި މައްސަލައަށްފަހު ދެ ގައުމުގެ ދެމެދު މަޝްރަހު ހޫނުވެ ވަނީ ހަމަލާތައް ބަދަލު ކުރަން ފަށާފައެވެ.
ތައިލެންޑުގެ ބޮޑުވަޒީރު ޕުމްތަމް ވެޗަޔާޗީ ވިދާޅުވީ ބޯޑަރުގެ ދެ ގައުމު ގުޅޭ 12 ސަރަހައްދަކަށް ކެމްބޯޑިއާއިން ހަމަލާދީފައިވާ ކަމަށެވެ. އަދި ކެމްބޯޑިއާގެ ހަމަލާތައް އަމާޒުކުރަމުންގެންދަނީ ތައުލެންޑުގެ އާންމުންނަށް ކަމަށްވެސް ބޮޑުވަޒީރު ތުހުމަތު ކުރެއްވިއެވެ.
ކެމްބޯޑިއާއިން ވެސް ވަނީ ތައިލެންޑުން އެ ގައުމަށް ހަމަލާދެމުން ގެންދާ ކަމަށާއި ކެމްބޯޑިއާގެ އާންމުން ދިރިއުޅޭ ސަރަހައްދުތަކަށްވެސް ހަމަލާ ދީފައިވާކަމަށް ބުނެފައެވެ.
ދެގައުމު ދެމެދު ހިނގަމުންދާ ހަމަނުޖެހުން ހުއްޓާލައި ހަމަލާ ބަދަލުކުރުން ނިމުމަކަށް ގެނައުމަށް އެއްވެސް ފަރާތަކުން މެދުވެރިވާން ފުރުސަތު ނެތްކަމަށް ތައިލެންޑުގެ ފޮރިން މިނިސްޓަރާ ހަވާލާދީ ރޮއިޓާސް އިން ވަނީ ރިޕޯޓުކޮށްފައެވެ.
ތައިލެންޑުގެ ފޮރިން މިނިސްޓަރު މިހެން ވިދާޅުވެފައިވާއިރު ދުނިޔޭގެ ބާރުގަދަ ބޮޑެތި ގައުމުތަކުން ގެންދަނީ ކެމްބޯޑިއާއި ތައިލެންޑު ހަމަނުޖެހުންތައް ހުއްޓާލުމަށް ގޮވާލަމުންނެވެ. އެގޮތުން އެމެރިކާއާއި ޗައިނާ އަދި މެލޭޝިޔާގެ އިތުރުން އޮސްޓްރޭލިއާ އާއި ޔޫރަޕިއަން ޔޫނިއަން އާއި ފްރާންސުންވެސް ވަނީ އެ ސަރަހައްދަށް ހަމަޖެހުން ގެނެސް އަމާންކަން ގާއިމުކުރުމަށް ގޮވާލާފައެވެ.

ކިޔުންތެރިންގެ ހިޔާލު