މިނިވަންކަމަށް ބުރުއަރާނެ ގޮތަށް ޤައުމުގެ އެއްވެސް އެސެޓެއް ބޭރު ބަޔަކަށް ދޫނުކުރަށްވާނެ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
ދިވެހިރާއްޖޭގެ 60 ވަނަ މިނިވަން ދުވަހާ ގުޅިގެން ރާއްޖޭގެ މީޑީއާއަކަށް ދެއްވި ޚާއްސަ އިންޓަވިއުއެއްގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، ރާއްޖޭގެ މިނިވަންކަމަށް ބުރުއަރާ ނުވަތަ ގެއްލުންވާފަދަ އެއްވެސް އެއްބަސްވުމެއް ބޭރުގެ ބައެއްގެ އަތްމައްޗަށް ދޫކޮށްލުމަށް މި ސަރުކާރުން ނިންމާފައި ނުވާނެ ކަމަށެވެ. އަދި މިފަދަ އެއްވެސް އެއްބަސްވުމެއް ކުރިއަށް އޮތްތާގައިވެސް ނުކުރާނެކަމުގެ ޔަގީންކަން ދިވެހި ރައްޔިތުންނަށް ދެއްވާ ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް މުޢިއްޒު ވިދާޅުވީ، ރާއްޖޭގެ އެއްވެސް އެސެޓެއް، މިނިވަންކަމަށް ބުރުއަރާ ނުވަތަ ރާއްޖެއަށް ގެއްލުންވާ ގޮތަށް، އަދި ކޮމްޕްރޮމައިޒްވާ ގޮތަށް ދޫކޮށްލާފައި ނުވެސް އޮންނާނެ ކަމަށެވެ.
"މިއަދާ ހަމައަށް އައިއިރު އެއްވެސް އެއްބަސްވުމެއް ވެފައި އޮތް، އަދި ވާން ނިންމާފައި، އަދި ދޫކޮށްލާފައި ވެސް އަޅުގަނޑުމެންގެ އެސެޓެއް، އަޅުގަނޑުމެންގެ ޤައުމުގެ ހަރު މުދަލެއް، އަޅުގަނޑުމެންގެ ތަރިކައެއް އެހެން އެއްވެސް ބަޔަކަށް ދޫކޮށްލުމަކީ އަޅުގަނޑު ގަބޫލުކުރާނެ ކަމެއް ނޫން، މި ސަރުކާރުން ކުރާނެ ކަމެއް ނޫން." ރައީސް ވިދާޅުވިއެވެ.
ހަމައެއާއެކު މިކަމަކީ ދިވެހި ރައްޔިތުންނަށް ޔަގީނުންވެސް މި ސަރުކާރުން ދޭނެ ގެރަންޓީއެއް ކަމުގައި ރައީސް ޑރ. މުޢިއްޒު ފާހަގަކުރެއްވިއެވެ.
އޭގެއިތުރުން ރައީސް ވިދާޅުވީ، މި ތަރިކައަކީ ދިވެހިންގެ ކާބަފައިން އެތައް ގަރުނު ކުރިން އެތައް ފަހަރަކު ހަނގުރާމަކޮށް، އެތައް ކަމެއް ޤުރުބާންކޮށްގެން ހިމާޔަތްކޮށްދީ، މިއަދާ ހަމައަށް ގެނެސްދީފައިވާ ތަރިކައެއް ކަމަށެވެ.
"މިއީ އަޅުގަނޑުމެންގެ ޤައުމުގެ މި ހުރިހާ ހަރު މުދަލަށްވީމާ، އެއީ އަޅުގަނޑުމެން އަތުން ހުންނަންޖެހޭ އެއްޗެއް. ދެން އަންނަން އޮތް ޖީލުތަކަށް އަޅުގަނޑު ފޯރުކޮށްދޭން ޖެހޭ އެއްޗެއް." ރައީސް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު