ކުރީގެ ރައީސް ޢަބްދުالله ޔާމީން
ކުރީގެ ރައީސް ޢަބްދުالله ޔާމީން
ދައުލަތުގެ ފެންވަރުގައިވެސް މިނިވަންކަން އޮތްކަމަށް ރައްޔިތުން ޤަބޫލު ނުކުރާނެ ކަމަށް ކުރީގެ ރައީސް ޢަބްދުالله ޔާމީން ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ މިނިވަންކަމަށް 60 އަހަރު ފުރުމުގެ މުނާސަބަތުގައި ރާއްޖޭގެ މީޑިއާއަކަށް ދެއްވި ބަސްދީ ގަތުމެއްގައި ރައީސް ޔާމީން ވިދާޅުވީ، ރާއްޖޭގެ މިނިވަންކަމަކީ ދިވެހިން ވަރަށް ވަރުގަދަ ޖިހާދަކަށްފަހު ހޯދާފައިވާ ކަމެއް ކަމަށެވެ. ނަމަވެސް އެ މިނިވަންކަން ދެމެހެއްޓުމަކީ ވަރަށް ބޮޑު ގޮންޖެހުމެއް ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.

މިނިވަންކަމުގެ އިޙްސާސް ދެ ލެވެލްއެއްގައި މިންކުރެވޭ ކަމަށާއި، އެގޮތުން ފަރުދުންގެ ފެންވަރުގައި އެކަށީގެންވާ ގޮތެއްގައި މިނިވަންކަމުގެ ފުރިހަމަ އިޙްސާސް ނުކުރެވޭ ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ. އަދި ދައުލަތުގެ މިނިވަންކަން މިން ކުރާއިރު ސިޔާސީ މިނިވަންކަމާއި އަމިއްލަ ނިންމުންތައް ނިންމުމުގެ ބާރު ޤައުމަށް ލިބިގެންވުން ހިމެނޭކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.

ނަމަވެސް ދަޢުލަތުގެ މިނިވަންކަން އޮތް ކަމާމެދު މިއަދު ސުވާލު އުފެދޭކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ. އެގޮތުން ފޯޅަވަހީގެ ކަނޑު ހޯދުމަށް މި ސަރުކާރުން މަސައްކަތް ނުކުރާ ކަމަށާއި، އިންޑިއާގެ ސިފައިން ރާއްޖޭގައި ނެތްކަން މިއަދުވެސް ކަށަވަރު ނޫން ކަމަށް ރައީސް ޔާމީން ވަނީ ވިދާޅުވެފައެވެ.

“ޤަބޫލެއް ނުކުރެވޭ ގިނަރައްޔިތުން މިހާރު ޤަބޫލު ކުރާނެ ކަމަކަށް ދައުލަތުގެ ފެންވަރުގައިވެސް މިނިވަންކަން އޮތް ކަމަކަށް.” ރައީސް ޔާމީން ވިދާޅުވިއެވެ.

ރައީސް ޔާމީން މިހެން ވިދާޅުވެފައިވާއިރު ރާއްޖޭގެ 60 ވަނަ މިނިވަން ދުވަހުގެ ޚާއްސަ ޝަރަފުވެރިއެއްގެ ގޮތުގައި ބައިވެރިވެ ވަޑައިގަންނަވަމުން ގެންދަވަނީ އިންޑިޔާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއެވެ.



ކިޔުންތެރިންގެ ހިޔާލު