ގެދޮރުވެރިޔާ ސްކީމްގެ ފުލެޓު އެއްބަސްވުންތަކުގެ ޠަބީޢަތު ބަދަލު ކުރުމަށް ފަހި ޔޫނިއަނުން ގޮވާލައިފިއެވެ.
ފަހި ޔޫނިއަނުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ގާނޫނީ ވަކީލު އަލީ ހުސައިން ވިދާޅުވީ، ސަރުކާރުގެ އިޖުތިމާއީ ބޯހިޔާވަހިކަމުގެ އެއްވެސް ސްކީމެއްގައި ކުއްޔަށް ދިނުމުގެ އެއްބަސްވުން ހަދާފައި ނުވާ ކަމަށެވެ. އަދި މިހާރު 4000 ފްލެޓް ލިބުނު މީހުންނާއެކު ހަދަމުން ދަނީ ނުރައްކާތެރި އެއްބަސްވުމެއް ކަމަށް ޢަލީ ޙުސައިން ވިދާޅުވިއެވެ.
އެގޮތުން ކުރީ ސަރުކާރުގެ ގެދޮރުވެރިޔާ ސްކީމްގެ ދަށުން އިމާރާތްކުރި 4،000 ފުލެޓުތައް ދޫކުރުމަށް ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ)އިން ހެދި އެއްބަސްވުންތަކުގައި ގާނޫނީ ގޮތުން ނުރައްކާތެރި މާއްދާތަކެއް އެބަހުރި ކަމަށްވެސް ޢަލީ ވިދާޅުވިއެވެ. އެހެން ކަމުން އެއްބަސްވުންތަކުގެ ޠަބީޢަތު ބަދަލު ކުރުމަށް އޭނާ ވަނީ ގޮވާލައްވާފައެވެ.
ޢަލީ ވިދާޅުވީ، 4،000 ފުލެޓު ލިބޭ މީހުންނާ ދެމެދު އެފްޑީސީން ހަދަނީ ކުއްޔަށް ދިނުމުގެ އެއްބަސްވުމެއް ކަމަށާއި ފުލެޓު މިލްކު ވަނީ ކުއްޔަށް ފައިސާ ދައްކާތާ 25 އަހަރު ފަހުން ކަމަށެވެ. އަދި އެއްބަސްވުމުގެ 18 ވަނަ މާއްދާ އޮތްގޮތުން އެއްވެސް ސަބަބަކާ ހެދި ކުލި ނުދެއްކިއްޖެ ނަމަ ނޯޓިސް ދީފައި ފުލެޓު އަތުލުމުގެ ބާރު އޮތް ކަމަށާއި، އެއްބަސްވުމުގެ 25 ވަނަ މާއްދާގެ ދަށުން ކުލި ނުދެއްކިއްޖެނަމަ، އެހެން މީހަކަށް ފުލެޓު ވިއްކުމުގެ ބާރު އެފްޑީސީއަށް ލިބޭކަން އޭނާ ފާހަގަ ކުރެއްވިއެވެ.
އެހެންކަމުން ކުލީގެ އެއްބަސްވުމުގެ ބަދަލުގައި ގަނެވިއްކުމުގެ އެއްބަސްވުމަކަށް އެ އެއްބަސްވުންތައް ބަދަލުކުރުމަށް އަލީ ވަނީ ސަރުކާރަށް ގޮވާލާފައެވެ. އަދި މިއީ ރައީސް މުޢިއްޒަށް އެނގިވަޑައި ނުގަނެ ހިންގަމުންދާ ކަމަކަށް ވެދާނެ ކަމަށްވެސް ޢަލީ ވިދާޅުވިއެވެ.
އޭގެ އިތުރުން ކުއްޔަށް ދިނުމުގެ އެއްބަސްވުން މި ސަރުކާރުން އަލަށް އަޅަން އިއުލާނުކުރާ ފުލެޓުތަކަށް ހެދިދާނެ ކަމަށާއި، ނަމަވެސް ކުރީ ސަރުކާރުގައި ފުލެޓު ލިބޭ މީހުންނާ އެކު އެއްބަސްވުން އެކުލަވާލާފައިވާތީ އެފްޑީސީން ކުރިން އެކުލަވާލި އެއްބަސްވުމަށް ރުޖޫއަވާން ޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.
މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ފަހި ޔޫނިއަނުން ވަނީ ފުލެޓުތަކުގެ ޑައުންޕޭމަންޓާއި ކުލި ކުރިން އޮތްގޮތަށް ބަދަލު ކުރުމަށްވެސް ގޮވާލައްވާފައެވެ. އެގޮތުން އެމްޑީޕީގެ ސަރުކާރުން ނިންމާފައި އޮތީ ތިން ކޮޓަރީގެ ފްލެޓެއް މަހަކު 8000 ރުފިޔާގެ ކުއްޔަކަށް ދޫކުރުމަށެވެ. އަދި ދެ ކޮޓަރީގެ ފްލެޓެއް 6000 ރުފިޔާގެ މަހު ކުއްޔަކަށް ދޫކުރާށެވެ.
ނަމަވެސް މި ސަރުކާރުން ނިންމާފައި ވަނީ ފްލެޓްތަކުގެ އެޑްވާންސް ފީއެއްގެ ގޮތުގައި ތިން ކޮޓަރީގެ ފްލެޓްތަކުން 25000 ރުފިޔާ އަދި ދެ ކޮޓަރީގެ ފްލެޓްތަކަށް 15000 ރުފިޔާގެ އެޑްވާންސް ފީއެއް ނެގުމަށެވެ. އަދި ދެ ކޮޓަރީގެ ކުއްޔަށް މަހަކު 7،000 ރުފިޔާ ނެގުމަށާއި ތިން ކޮޓަރިއަށް 9،000 ރުފިޔާ ނެގުމަށް ވަނީ ނިންމައިފައެވެ. ތިން ކޮޓަރީގެ އެޕާޓްމެންޓަށް މެއިންޓެނެންސް ފީގެ ގޮތުގައި މަހަކު 1،500 ރުފިޔާ ނަގާއިރު ދެ ކޮޓަރިން ނަގަނީ 1000 ރުފިޔާއެވެ.
ފަހި ޔޫނިއަނުން ފްލެޓް އެއްބަސްވުން ތަކާމެދު ކަންބޮޑުވުން ފާޅުކޮށްފައިވާއިރު، ގެދޮރުވެރިޔާ ސްކީމްގެ ދަށުން އިމާރާތް ކޮށްފައިވާ 16 ޓަވަރުގައި ހިމެނެނީ ތިން ކޮޓަރީގެ 2،750 ފްލެޓާއި ދެ ކޮޓަރީގެ 1،250 ފުލެޓެވެ. މި ސަރުކާރުން ނެރުނު ލިސްޓުގައި ފުލެޓު ލިބޭނެ ކަމަށް ކަނޑައަޅައިފައިވަނީ 1820 މީހުންނަށެވެ. އެ ފްލެޓްތަކުގެ އެގްރީމެންޓްގައި ސޮއި ކުރުމުގެ މަސައްކަތް މިދިޔަ ހޯމަ ދުވަހުން ފެށިގެން ވަނީ ފަށައިފައެވެ.

ކިޔުންތެރިންގެ ހިޔާލު