އަނިޔާވެރި ގޮތަކަށް މަރާލާފައި ވަނިކޮށް ފެނުނު އއ މާޅޮސް އޯކިޑުމާގޭ އަބްދުއްރަޙުމާން އާދަމް (65އ)ގެ ޕޯސްޓްމޯޓަމްގެ ނަތީޖާ މިހާތަނަށް ލިބިފައިނުވާ ކަމަށް ފުލުހުން ހާމަކޮށްފިއެވެ.
ފުލުހުން މިއަދު ބުނެފައިވަނީ، އަބްދުއްރަހްމާންގެ ހަށިގަނޑުގެ ޕޯސްޓްމޯޓަމްގެ ނަތީޖާ ލިބުނުހާ އަވަހަށް އެމައުލޫމާތު ހިއްސާކުރާނެ ކަމަށެވެ. އަބްދުއްރަޙްމާންގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހަދަން އިންޑިއާއަށް ފޮނުވުމަށްފަހު މިދިޔަ ބުދަ ދުވަހުގެ ރޭ 7:50 ހާއިރު އޭނާގެ ހަށިގަނޑު ވަނީ ރާއްޖެއަށް ގެނެސްފައެވެ. އަދި ބުރާސްފަތި ދުވަހު އެހަށިގަނޑު ވަނީ ވަޅުލައިފައެވެ.
އަބްދުއްރަޙްމާން މަރާލިތާ 15 ދުވަސް ފާއިތުވެގެން ދިޔައިރު މިހާތަނަށް މީހަކު ހައްޔަރު ކޮށްފައެއް ނުވެއެވެ.
އުމުރުން 65 އަހަރުގެ އަބްދުއްރަހްމާނުގެ ބޮލަށް ރަހުމު ކުޑަ އަނިޔާތަކެއް ދިނުމާ ގުޅިގެން ފަރުވާ ދިނުމަށް ސިއްހީ މަރުކަޒަށް ގެންދިޔަކަމަށް ފުލުހުންނަށް ރިޕޯޓުކުރީ މިމަހުގެ 13 ވަނަ ދުވަހުގެ ރޭ ދުވަހުގެ ދަންވަރު 01:50 ހާއިރުއެވެ. އަދި އޭނާއަށް ފަރުވާދެމުން ދަނިކޮށް ނިޔާވީ ފަތިހުގެ ވަގުތެއްގައެވެ.
މިމައްސަލައިގެ ތަހުގީގުގައި ފުލުހުން ވަނީ، މާޅޮހު އަތިރިމައްޗާއި ގޮނޑުދޮށް އަދި ރަށުގެ ފަޅުތެރެއިން ބައެއް ބަލައި ފާސްކޮށްފައެވެ. އެއީ އަބްދުއްރަހުމާނަށް ހަމަލާދޭން ބޭނުންކުރި އެތި ނުވަތަ ތަކެތި ހޯދަން ފުލުހުން ކުރިއަށް ގެންދިޔަ އޮޕަރޭޝަނެކެވެ.
މީގެ އިތުރުން ފުލުހުން ވަނީ އެރަށުގައި ހުންނަ ދެ ސީސީޓީވީ ކެެމާރާއެއްގެ ފޫޓޭޖުވެސް ހޯދާފައެވެ. އަދި އަބްދުއްރަހުމާން ޒަހަމްވެފައި ވަނިކޮށް އެތަނުގެ ތެރެއަށް ވަދެއުޅުނު މީހުންގެ ބޮޑީ ސާމްޕަލާއި ފިންގަރ ޕްރިންޓްވެސް ފުލުހުން ވަނީ ނަގާފައެވެ.

ކިޔުންތެރިންގެ ހިޔާލު