މަޖިލީސް ރައީސް ރަސްމީ ދަތުރުފުޅުގައި ފުރާވަޑައިގަތުން
މަޖިލީސް ރައީސް ރަސްމީ ދަތުރުފުޅުގައި ފުރާވަޑައިގަތުން
ރަސްމީ ދަތުރުފުޅެއްގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ ސްވިޓްޒަލޭންޑްގެ ޖެނީވާއަށް ފުރާވަޑައިގަންނަވައިފިއެވެ.

މަޖިލީހުގެ އިދާރާއިން މިއަދު ބުނީ މަޖިލީހުގެ ރައީސް ޖެނީވާއަށް ފުރާވަޑައިގެންފައިވަނީ، ސްޕީކަރސް އޮފް ޕާލަމެންޓުގެ 6 ވަނަ ވޯލްޑް ކޮންފަރެންސްގައި ބައިވެރިވެވަޑައިގަތުމަށް ކަމަށެވެ.

މި ކޮންފަރެންސް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ މި މަހުގެ 29 އިން 31 ގެ ނިޔަލަށެވެ. މިއީ އިންޓަރ ޕާލަމެންޓަރީ ޔުނިއަން (އައިޕީޔޫ) އިން އިންތިޒާމްކުރި ބައްދަލުވުމެކެވެ.

ސްޕީކަރސް ކޮންފަރެންސްގެ ކުރިން 28 ޖުލައިގައި ބާއްވާ މަޖިލީސްތަކުގެ އަންހެން ރައީސާއިންގެ 15 ވަނަ ސަމިޓް އޮންނާނެ ވެސް ކަމަށް އައިޕީޔޫ އިން ވަނީ ބުނެފައެވެ.

މިކޮންފަރެންސް ބޭއްވުމުގެ މަޤްޞަދަކީ ބައިނަލްއަގްވާމީ ކަންކަމުގައި ޑިމޮކްރަސީގެ ފަރަގު ކުޑަކުރުމަށް އެހީތެރިވެދިނުން ކަމަށް އައިޕީޔޫ އިން ބުނެފައިވެއެވެ. މިފަހަރުގެ ބައްދަލުވުމުގައި ވިއްސައްވުރެ ގިނަ ޤައުމުން ބައިވެރިވުމަށް ހަމަޖެހިފައިވެއެވެ. މަޖިލީސްތަކުގެ ރައީސުންގެ އިތުރުން ދުނިޔޭގެ އެކި ލީޑަރުންނާއި ޖަމިއްޔާތަކާއި ނޫސްވެރިން ވެސް މި ބައްދަލުވުމުގައި ބައިވެރިވާނެ ކަމަށް އައިޕީޔޫއިން މަޢުލޫމާތު ދީފައިވެއެވެ.



ކިޔުންތެރިންގެ ހިޔާލު