ނ.ޢ.ޢ.ވ އަލްމަރުޙޫމް ޙަސަން ޞާބިރަކީ އަބަދުވެސް ހެޔޮ އިރުޝާދާއި ހެޔޮލަފާ ދެއްވި ބޭފުޅެއް ކަމަށް ރާއްޖޭގެ ކުރީގެ ރައީސުލްޖުމްހޫރިއްޔާ މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ނިޝާން ޢިއްޒުއްދީން ޢިއްޒަތުގެ ވެރިޔާ ހަސަން ޞާބިރު މިއަދު ހެނދުނު އަވަހާރަވުމާ ގުޅިގެން މީސް މީޑިއާގައި ޙިއްސާ ކުރެއްވި މެސެޖެއްގައި ރައީސް ނަޝީދު ވިދާޅުވީ، ޞާބިރަކީ އެމަނިކުފާނު ބޮޑުވަމުން އައި ދުވަސްވަރު ހެޔޮ އިރުޝާދާއި ލަފާދެއްވި ބޭފުޅެެއް ކަމަށެވެ.
އަދި ޞާބިރަކީ ޤާބިލު ކުޅަދާނަ ޤައުމީ ޚިދުމަތްތެރިއެއް ކަމަށް ރައީސް ނަޝީދު ވިދާޅުވެފައިވެއެވެ.
އާލާސްކަންފުޅާ އުޅުއްވުމަށްފަހު ޞާބިރު އަވަހާރަވީ ޓްރީޓޮޕް ހޮސްޕިޓަލުގައި ފަރުވާ ހޯއްދަވަމުން ދަނިކޮށް މިއަދު ހެނދުނުގެ ވަގުތެއްގައެވެ. އެމަނިކުފާނުގެ މޫނު ދެއްކުން އިސްލާމީ މަރުކަޒުގައި މިހާރު ކުރިއަށްދާއިރު ކަށުނަމާދު އޮތީ ރަސްމީ ޢިއްޒަތުގައި މިއަދުގެ އަޞްރު ނަމާދަށްފަހު އިސްލާމީ މަރުކަޒުގައެވެ.
ޞާބިރު އަވަހާރަވުމާ ގުޅިގެން ކުރީގެ ރައީސުންގެ އިތުރުން ގިނަ ސިޔާސީ އިސްވެރިންވަނީ މީސް މީޑިއާ މެދުވެރިކޮށް އެމަނިކުފާނުގެ އާއިލާއަށް ތައުޒިޔާ ވިދާޅުވެފައެވެ.
ދިވެހި ދައުލަތަށް ދިގު މުއްދަތަކަށް ހިދުމަތް ކުރެއްވުމުގެ އަގުވަޒަންކޮށް ދައުލަތުން ދޭ ނިޝާން އިއްޒުއްދީން އިއްޒަތުގެ ވެރިޔާގެ ލަގަބު ހަސަން ޞާބިރަށް ލިބިވަޑައިގެންނެވީ އިއްޔެއެވެ.

Avahteri adhi ehaame ekuveri Hassan Sobir akee alhugandu bodu vamun ai iru, irushaad aai lafaa dhehvi beyfulheh. Qabil kulhadhaana, gaumee khidhumai theri eh. Marhoom ah rahmaiy lavvaa, aailaa ah keiytherikan dhevvaashi.
— Mohamed Nasheed (@MohamedNasheed) July 28, 2025
އާލާސްކަންފުޅާ އުޅުއްވުމަށްފަހު ޞާބިރު އަވަހާރަވީ ޓްރީޓޮޕް ހޮސްޕިޓަލުގައި ފަރުވާ ހޯއްދަވަމުން ދަނިކޮށް މިއަދު ހެނދުނުގެ ވަގުތެއްގައެވެ. އެމަނިކުފާނުގެ މޫނު ދެއްކުން އިސްލާމީ މަރުކަޒުގައި މިހާރު ކުރިއަށްދާއިރު ކަށުނަމާދު އޮތީ ރަސްމީ ޢިއްޒަތުގައި މިއަދުގެ އަޞްރު ނަމާދަށްފަހު އިސްލާމީ މަރުކަޒުގައެވެ.
ޞާބިރު އަވަހާރަވުމާ ގުޅިގެން ކުރީގެ ރައީސުންގެ އިތުރުން ގިނަ ސިޔާސީ އިސްވެރިންވަނީ މީސް މީޑިއާ މެދުވެރިކޮށް އެމަނިކުފާނުގެ އާއިލާއަށް ތައުޒިޔާ ވިދާޅުވެފައެވެ.
ދިވެހި ދައުލަތަށް ދިގު މުއްދަތަކަށް ހިދުމަތް ކުރެއްވުމުގެ އަގުވަޒަންކޮށް ދައުލަތުން ދޭ ނިޝާން އިއްޒުއްދީން އިއްޒަތުގެ ވެރިޔާގެ ލަގަބު ހަސަން ޞާބިރަށް ލިބިވަޑައިގެންނެވީ އިއްޔެއެވެ.

COL
MAR
BEL
ކިޔުންތެރިންގެ ހިޔާލު