މަޖިލީހުގެ މަސައްކަތްތަކުގައި ހުރިހާ މެމްބަރުންވެސް ބައިވެރިވާ ކަމަށް މަޖިލީހުގެ އިދާރާއިން ހާމަކޮށްފިއެވެ.
މީސްމީޑީއާގައި މަޖިލީހުގެ މެންބަރުންގެ އުފެއްދުންތެރިކަމުގެ ނިސްބަތް ކަމަށް ބުނެ މެންބަރުން މަޖިލީހަށް ހުށައަޅާފައިވާ ބިލްތަކުގެ ޢަދަދު ހާމަކޮށްފައިވާތީ، އެކަމަށް ރައްދު ދެމުން ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ބުނީ، މެމްބަރުންގެ މަސައްކަތް ފެންނަނީ ހުށައަޅާ ބިލުން ނޫން ކަމަށެވެ.
އަދި މަޖިލީހުގެ މަސައްކަތްތަކުގައި ހުރިހާ މެމްބަރުންވެސް ބައިވެރިވަމުން އަންނަ ކަމަށް މަޖިލީހުގެ އިދާރާއިން ވަނީ ބުނެފައެވެ.
ހަމައެއާއެކު ރައްޔިތުން މަޖިލީހުގެ ޖަލްސާތަކާއި ކޮމެޓީގެ މަސައްކަތްތައް މަޖލީހުގެ ވެބްސައިޓްގައި އާއްމުކުރަމުން ގެންދަނީ މަޖިލީހުގެ މަސައްކަތްތައް ވީހާވެސް ހާމަކަން ބޮޑު ގޮތެއްގައި ރައްޔިތުންނަށް ފޯރުކޮށް ދިނުމަށްކަމަށް މަޖިލީހުން ނެރުނު ބަޔާނުގައިވެއެވެ. އަދި މެމްބަރުން މިހާތަނަށް ހުށައަޅާފައިވާ ބިލުތަކާއި ގަރާރުތަކާއި މައްސަލަތަކާއި ވަޒީރުންނާ ކުރާ ސުވާލުތަކާއި، ސާމިލުވާ ކޮމެޓީތަކުގެ މައުލޫމާތާއި ތަފާސް ހިސާބު ފެންނަން ހުންނާނެކަމަށް މަޖިލީހުން ބުނެފައިވެއެވެ.
“އެހެންނަމަވެސް އެއީ މެމްބަރުން މަޖިލީހުގައި ކުރާ ހަމައެކަނި މަސައްކަތް ނޫންކަމުގައި ދަންނަވަން. ރައްޔިތުން މަޖިލީހުގެ މުހިއްމު މަސައްކަތްތަކެއް މަޖިލީހުގެ ކޮމެޓީތަކުގައި ކުރިޔަށް ގެންދެވޭ. އަދި ރައްޔިތުން މަޖިލީހުގެ ޖަލްސާތަކާއި ކޮމެޓީތަކުގައި ކުރާ މަސައްކަތްތައް ނިމިގެންދަނީ މަޖިލީހުގެ ހުރިހާ މެމްބަރުންގެ ބައިވެރިވުމާއި އެކު.” ރައްޔިތުން މަޖިލީހުން ނެރުނު ބަޔާނުގައިވެއެވެ.
އޭގެއިތުރުން މަޖިލީހުގެ އިދާރާގެ ބަޔާނުގައި ވަނީ މަޖިލީހުގެ އިދާރާއިން އާއްމުކުރާ މައުލޫމާތު ނަހަމަ ގޮތުގައި ބޭނުންކޮށް އާންމުންނަށް އޮޅުން އަރާ ގޮތަށް އެ މައުލޫމާތު ބޭނުން ނުކުރުމަށް އިލްތިމާސް ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު