ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) ތިން މެންބަރެއްގެ ދައުރު ހަމަވާތީ އެ ކޮމިޝަންގެ މެންބަރުކަމަށް ކުރިމަތިލާން ރައީސް އޮފީހުން މިއަދު އަލުން ހުޅުވާލައިފިއެވެ.
ރައީސް އޮފީހުން ބުނެފައިވަނީ މެންބަރުކަމަށް ޝައުގުވެރިވާ ފަރާތްތަކަށް އެކަމަށް އެދި ހުށަހެޅުމުގެ ފުރުސަތު އަންނަ މަހުގެ 12 އާ ހަމައަށް އޮންނާނެކަމަށެވެ.
މަޤާމަށް އެދި ހުށަހަޅާ ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ، މިކަމަށް ކުރިމަތިލުމަށް ދީފައިވާ މުއްދަތުގައި، ރަސްމީ ބަންދު ދުވަސްތައް ފިޔަވައި އެހެން ދުވަސްދުވަހުގެ ހެނދުނު 08:30 އިން 12:00 އަށް ރައީސް އޮފީހުންނެވެ.
މި މަގާމުތަކަށް އަލުން ފުރުސަތު ހުޅުވާލި ސީދާ ސަބަބެއް ސާފެއް ނޫނެވެ. ސީއެސްސީގެ މެމްބަރުކަމަށް ކުރިމަތިލުމުގެ ފުރުސަތު ރައީސް އޮފީހުން ފުރަތަމަ ހުޅުވާލާފައިވަނީ މި މަހުގެ ހަވަނަ ދުވަހުއެވެ.
މެމްބަރުކަމަށް ކުރިމަތިލުމަށް އަލުން ފުރުސަތު ހުޅުވާލިއިރު، ދައުރު ހަމަވާ މެމްބަރުންނަކީ އެ ކޮމިޝަނުގެ ރައީސް މުހައްމަދު ނާސިހާއި މުހައްމަދު ފަރުޝަތު އަދި ފާތިމަތު ޝަރީފެވެ. ސީއެސްސީގެ މެމްބަރުކަމަށް އެ ބޭފުޅުން އައްޔަންކުރައްވާފައިވަނީ ސެޕްޓެމްބަރު 2، 2020ގައެވެ.

ކިޔުންތެރިންގެ ހިޔާލު