ކަރަންފުލަކީ އާންމުގޮތެއްގައި އެކިކަހަލަ ބޭސްތައް ހެދުމަށާއި، ދުފުމުގައި ބޭނުން ކުރާ އެއްޗެކެވެ. ނަމަވެސް މިއިން ބައެއް މީހުން ސައި ހަދައިގެންވެސް ބޮއެ އުޅެއެވެ.
ކަރަންފޫ ސަޔަކީ މީރު، ގަދަ ވަހެއް އެކުލެވޭ އެއްޗަކަށްވީއިރު، މިއީ ހަށިގަނޑަށް ވަރަށް ގިނަ ފައިދާތަކެއް ކޮށްދޭ ބުއިމެކެވެ. ތިރީގައި މި ހިމަނާލަނީ ކަރަންފޫ ސައި ބުއިމުން ލިބޭ ބައެއް ފައިދާތަކެވެ.
ދިފާއީ ނިޒާމު ވަރުގަދަވުން
ކަރަންފޫ ސައިގައި އެކުލެވޭ އެންޓި-އޮކްސިޑެންޓްތަކުގެ ސަބަބުން މި ސައި ބުއިމުން ހަށިގަނޑުގެ ދިފާޢީ ނިޒާމު ވަރުގަދަވެއެވެ. މީގެ އިތުރުން، ކަރަންފޫގައި އެކުލެވޭ ޔޫޖެނޯލްގެ ސަބަބުން ހަށިގަނޑުގެ އިންފްލަމޭޝަން ކުޑަކޮށްދެއެވެ. މިކަމުގެ ސަބަބުން ކަށީގައި ރިހުމާއި މަސްގަނޑުތަކުގެ ރިހުން ކުޑަކުރުމަށް އެހީތެރިވެދެއެވެ.
އަނގައިގެ ސިއްހަތު ރަނގަޅު ވުން
ކަރަންފޫ ސައި ބުއިމުން އަނގައިގެ ސިއްހަތަށްވެސް ވަރަށް ބޮޑެތި ފައިދާތަކެއް ކުރެއެވެ. ކަރަންފޫގައި އެކުލެވޭ އެންޓި-ބެކްޓީރިއަލް އަސަރުގެ ސަބަބުން ހިރުގަނޑުގެ ދުޅަހެޔޮކަން އިތުރުކޮށްދީ، އަނގައިން އަންނަ ނުބައި ވަސް ކުޑަކޮށްދެއެވެ.
ހަށިގަނޑުގައި ހަކުރު ހުންނަ މިންވަރު ރެގިއުލޭޓުކޮށްދޭ
ކަރަންފޫ ސަޔަށް ހަކުރު ނާޅަ ބުއިމުން ލޭގައި ހުންނަ ހަކުރުގެ މިންވަރު އެއްވަރެއްގައި ހިފެހެއްޓުމަށް އެހީތެރިވެދެއެވެ. ބައެއް ދިރާސާތަކުން ދައްކާގޮތުގައި ކަރަންފޫ ސައި ބުއިމުން އިންސިއުލިންގެ މަސައްކަތް ރަނގަޅުކޮށްދެއެވެ. މިކަމުގެ ސަބަބުން ޚާއްސަކޮށް ހަކުރު ބަލީގެ ބަލިމީހުންނަށް ވަރަށް ބޮޑު ފައިދާއެއް ކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު