3 ބޯޓަކުން މުދާ ހުސްކޮށް 4720 ބަސްތާ ފިޔާ ބާޒާރަށް ނެރެފިއެވެ.
ގިނަ ޢަދަދެއްގެ ފިޔާ ބާޒާރަށް ނެރެފައި މިވަނީ، މޫސުން ގޯސްވެ މާލޭ ބަނދަރުގައި ހުރި ބޯޓްތަކުން މުދާ ނުބޭލި ބާޒާރުގައި ފިޔާ ލިބުން ދަތިވެފައި ވަނިކޮށެވެ. ފިޔާލިބުން ދަތިވެފައިވާތީ ފިޔާގެ އަގުވަނީ ކިލޯއެއް ގާތްގަޑަކަށް 50 ރުފިޔާއަށް އުފުލިފައެވެ.
ފިޔާ ލިބުމުގައި ކުރިމަތިވެފައިވާ ދަތިކަމަށް ޙައްލު ހޯދުމަށް ރެއާއި ހަމައަށް ކުރި މަސައްކަތުން 3 ބޯޓަކުން މުދާ ހުސްކޮށް 4720 ބަސްތާ ފިޔާ ބާޒާރަށް ނެރެފައިވާ ކަމަށް އެމްޕީއެލުން ވަނީ ބުނެފައެވެ. އެއާއެކު ފިޔާ ކިލޯއެއް މިހާރު ލިބެންހުރީ 35 ރުފިޔާ އަށެވެ.
އާންމުކޮށް ފިހާރަތަކުގައި ފިޔާ ވިއްކަނީ ކިލޯއެއް 15 ރުފިޔާއާއި 10 ރުފިޔާ އާއި ދެމެދުގެ އަގުތަކެއްގައެވެ. އަދި ބާޒާރުން އެއަށް ވުރެ ވެސް އަގުހެޔޮކޮށް ފިޔާ ލިބެން ހުރެއެވެ.
އެމްޕީއެލުން ބުނެފައިވަނީ އިއްޔެ ބަނދަރުކުރި ބޯޓްތަކުގައި 3840 ބަސްތާ ފިޔާ ހުރިކަމަށާއި އެތަކެތި ބޭލުމުގެ މަސައްކަތްވެސް ކުރަމުން އަންނަކަމަށެވެ. އެސްޓީއޯއިން ވެސް ވަނީ ފިޔާ ލިބުން ދަތިވެފައިވާ މައްސަލަ ހައްލުކުރުމަށް އިންޑިއާއިން ފިިޔާ ޝިޕްމެންޓެއް ގެނައުމުގެ މަސައްކަތް ކުރަމުން ދާކަމަށް ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު