ވިއްސާރަވުމުން މާލޭގެ މަގުތަކުގައި މީގެ ކުރިން ފެންބޮޑުވާ ގޮތަށް މިހާރު ނުވާނެ ކަމަށް މާލެ ސިޓީގެ މޭޔަރ އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.
މޭޔަރ އާޒިމް މިހެން ވިދާޅުވީ ކައުންސިލްތަކުން ބާއްވަން ގާނޫނުގައި ލާޒިމްކޮށްފައިވާ ރައްޔިތުންގެ ބައްދަލުވުންތަކުގެ ތެރެއިން މި އަހަރު ބޭއްވި ދެވަނަ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުންނެވެ.
އެގޮތުން މޭޔަރގެ ވާހަކައިގައި ވިދާޅުވީ މާލެ ސިޓީގެ މޭޔަރުކަމާ ހަވާލުވިއިރު، ރައްޓެހިންނާއި ދަންނަ މީހުންނާއި އަދި ނުދަންނަ މީހުންގެ ފަރާތުން ވެސް، އޮހެމުން ދިޔައީ މުޅިންހެން ޝަކުވާ ކަމަށާއި ބަލަމުން އައީ ޝައުގުވެރިކަމެއް ނެތި، ވައްކަޅިން ކަމަށެވެ.
އަދި ކައުންސިލްގެ މަސައްކަތްތަކާއި ހިދުމަތްތަކާ މެދު، ކުރަމުންދިޔައީ ނާއުންމީދީ ތަސައްވުރެއް ކަމަށް ވެސް އާޒިމް ވިދާޅުވިއެވެ.
އެހެންނަމަވެސް ކައުންސިލުގެ މި ދައުރުގެ އެންމެ ފަހު އަހަރުގެ، ފުރަތަމަ ހަމަސް ނިމިގެންދާއިރު، ރައްޔިތުންނާ ގާތުން ހިދުމަތްތަކެއް ފޯރުކޮށްދެވިފައިވާ ކަމުގެ، ހިތްހަމަޖެހުމާއި އެފަދަ އުފާވެރި ޝުއޫރުތައް، މިއަދު އާންމުންގެ ފަރާތުން ލިބެމުންދިއުމަކީ ނުހަނު އުފާކުރާކަމެއް ކަމަށް އާޒިމް ވިދާޅުވިއެވެ.
މަގުތަކުގެ ކާނުތައް ސާފު ނުކޮށްހުރުމުން، މާލޭގެ މަގުތަކުގައި ފެންބޮޑުވުން އެއީ، ކުރިމަތިވި ވަރަށް ބޮޑު މައްސަލައެއް ކަމަށާއި ނަމަވެސް، ކާނުތައް ސާފުކުރުމަށް ފެށި ހާއްސަ މަސައްކަތް ކާމިޔާބު ކަމާއެކު ކުރިޔަށް ގޮސް، މިހާރު ނިމުމަކާކައިރި ވެފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
އަދި މި މަސައްކަތުގެ ސަބަބުން ވާރޭވެހޭ ކޮންމެ ފަހަކު، ކުރިން މާލޭގެ މަގުތަކުގައި ފެން ބޮޑުވާގޮތަށް މިހާރު ފެން ބޮޑު ނުވާނެކަމަށް މޭޔަރު ވިދާޅުވިއެވެ.
މޭޔަރު އާޒިމް މިހެން ވިދާޅުވެފައިވާ އިރު މިހާރު ވެސް މާލޭގެ މަގުތަކުގެ އެކި ދިމަދިމާގައި ފެންބޮޑުވެއެވެ. މިގޮތުން އެންމެ ކާރޫބާރު ބޮޑު މަޖީދީމަގު ފާހަގަކޮށްލެވެއެވެ.

ކިޔުންތެރިންގެ ހިޔާލު