ލަންކާގެ ރައީސް ވަޑައިގެންނެވުން
ލަންކާގެ ރައީސް ވަޑައިގެންނެވުން
ސްރީލަންކާގެ ރައީސް އަނޫރާ ކުމާރު ޑިސަނަޔެކެ ރާއްޖެއަށް ކުރެއްވި ތިން ދުވަހުގެ ފުރަމާނަ ދަތުރުފުޅު ނިންމަވާލައްވައި މިރޭ ފުރާވަޑައިގެންފިއެވެ.

ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ހާއްސަ ދައުވަތަކަށް ލަންކާގެ ރައީސް ރާއްޖެ ވަޑައިގެންނެވީ މިދިޔަ ހޯމަ ދުވަހުއެވެ.

ލަންކާގެ ރައީސް ރާއްޖެ ވަޑައިގެންނެވުމުން ސަރުކާރުންވަނީ ހޫނު މަރުހަބާއެއް ކިޔާފައެވެ. އަދި ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިިކުރުމުގެ މަޝްވަރާތަކާއި ދެ ގައުމުގެ ރަސްމީ ވާހަކަތައް ކުރިއަށް ގެންގޮސްފައިވެއެވެ. އޭގެ އިތުރުން ދެ ގައުމުގެ ދެމެދު މުހިންމު ދާއިރާތަކުން އެއްބާރުލުން ދިނުމުގެ ފަހުމުނާމާއަކާއި މުއާހަދާއެއްގައި ސޮއިކުރެއްވުން ކުރިއަށް ގެންގޮސްފައިވެއެވެ.

ލަންކާގެ ރައީސް ފުރާވަޑައިގެންނެވުމުގެ ކުރިން ވަނީ މި ސަރުކާރުގެ ބައެއް ވަޒީރުންނާ ވެސް ބައްދަލުކުރައްވާ މަޝްވަރާތައް ކުރިއަށް ގެންދަވާފައެވެ.

ލަންކާއަކީ ޒަމާނުއްސުރެ ރާއްޖެއާ ގާތްގުޅުމެއް އޮންނަ ގައުމެކެވެ. އެ ގައުމާ ރާއްޖެއާ އެކު ސިޔާސީ ގުޅުން ގާއިމުކުރިތާ މިހާރު 60 އަހަރުވަނީ ވެފައެވެ.



ކިޔުންތެރިންގެ ހިޔާލު