މަސްތުވާތަކެތީގެ ވިޔަފާރިކުރުމުގެ ކުށް ސާބިތުވާ މީހުންނަށް މަރުގެ އަދަބު ދެވޭ ގޮތަށް ގާނޫނަށް ގެންނަ އިސްލާހު ހަފްއެއްހާ ދުވަހުގެ ތެރޭގައި ރައްޔިތުންގެ މަޖިލީހަށް ހުށައަޅުއްވާނެ ކަމަށް ބަންޑާރަ ނައިބު އަހުމަދު އުޝާމް މިއަދު ވިދާޅުވެއްޖެއެވެ.
އުޝާމް މިހެން ވިދާޅުވެފައިވާއިރު، މަޖިލީހަށް މިހާރު ހުށައަޅާފައިވާ، މަސްތުވާ ތަކެއްޗާބެހޭ ޤާނޫނަށް އިސްލާހުގެނައުމުގެ ބިލްގައި، މަސްތުވާތަކެތި އެތެރެކުރުމުގެ ނުވަތަ ވިޔަފާރިކުރުމުގެ ކުށް ސާބިތުވާ ފަރާތްތަކަށް ދުނިޔޭގެ ބައެއް އެހެން ގައުމު ތަކުގައި ވެސް ކަން ކުރާ ގޮތަށް، މަރުގެ އަދަބު ހިމެނޭހެން ބޮޑެތި އަދަބުތައް ކަނޑައެޅުމަށް ނިންމާފައިވާކަމަށް ރައީސް މުޢިއްޒު ރޭ ވަނީ ވިދާޅުވެފައެވެ.
އެކަމާ ގުޅިގެން އުޝާމް ވިދާޅުވީ، މަސްތުވާތަކެއްޗާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލަށް ފުލުހުންނާއި، ޕީޖީ އޮފީހާއި، ދައުލަތުގެ ކަމާގުޅޭ އެހެން އިދާރާތަކުން ވެސް މިހާރު ވަނީ މަޖިލިހަށް ކޮމެންޓުތައް ފޮނުވާފައި ކަމަށެވެ. އަދި އެ އިދާރާތަކުގެ ވިސްނުންތައް ހުރި ގޮތް ނުވަތަ ކޮމެންޓުތައް އޭޖީ އޮފީހަށް ވެސް ލިބިފައިވާ ކަމަށް އުޝާމް ވިދާޅުވިއެވެ.
“އިސްލާހުތައް އިތުރަށް ދިރާސާކޮށް، ފައިނަލް ކޮށްފައި ހަފުތާއެއްހާ ދުވަހުގެ ތެރޭގައި މަޖިލީހަށް ހުށަހަޅަން. އަޅުގަނޑުމެން އެދިގެން މި އުޅެނީ ބިލް ދިރާސާ ކުރުމުގެ މަސައްކަތް ވެސް އަވަހަށް ނިންމައި ދިނުމަށް.” ބަންޑާރަ ނައިބު އުޝާމް ވިދާޅުވެފައިވެއެވެ.
އޭގެއިތުރުން އުޝާމް ވިދާޅުވީ، ސަރުކާރުން މަސައްކަތް ކުރަނީ މަޖިލީހުގެ މި ދައުރުގެ ތެރޭގައި މި ބިލްގެ މަސައްކަތް ރައީސް އެދިލެއްވި ގޮތަށް ނިންމުމަށް ކަމަށެވެ.
މަސްތުވާތަކެއްޗާ ބެހޭ ގާާނޫނަށް އިސްލާހު ގެނައުމުގެ ބިލް ސަރުކާރުން މިދިޔަ އަހަރުގެ ފަހުކޮޅު ރައްޔިތުންގެ މަޖިލިހަށް ފޮނުވާފައިވާއިރު އެ ބިލް މިވަގުތު އޮތީ ދިރާސާ ކުރުމަށް ކަމާގުޅޭ ކޮމިޓީގައެވެ.
ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރާ މީހުންނަށް މަސްތުވާތަކެއްޗާބެހޭ ގާނޫނުގެ ދަށުން މިހާރު ދެވޭ އަދަބަކީ އުމުރަށް ޖަލަށްލުމާ އެކު 100،000 ރުފިޔާއިން ފެށިގެން 10 މިލިއަން ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރުމެވެ.
ރާއްޖޭގައި މިހާރު މަރުގެ އަދަބު ކަނޑައެޅެނީ ހަމައެކަނި، ގަސްދުގައި މީހުން މެރުމުގެ މައްސަލަތަކުގައެވެ. މަރުގެ މައްސަލަތަކުގައި މަރަން ހުކުމް ކޮށްފައިވާ ބައެއް މީހުން މިހާރުވެސް ރާއްޖޭގެ ޖަލުތަކުގައި އެބަތިއްބެވެ. ނަމަވެސް 1953 ވަނަ އަހަރު ފަހުން ރާއްޖޭގައި މަރުގެ އަދަބެއް ތަންފީޒު ކޮށްފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު