މިއަދު އިމިގްރޭޝަނުން ކުރިއށް ގެންދިޔަ ރެއިޑު އޮޕަރޭޝަންގެ ތެރެއިން، ފޮޓޯ: އިމިގްރޭޝަން
މިއަދު އިމިގްރޭޝަނުން ކުރިއށް ގެންދިޔަ ރެއިޑު އޮޕަރޭޝަންގެ ތެރެއިން، ފޮޓޯ: އިމިގްރޭޝަން
މާލޭގައި ގަވާއިދާ ހިލާފަށް އުޅެމުންދިޔަ 25 ބިދޭސީއަކު އިމިގްރޭޝަނުން އަތުލައިގެންފިއެވެ.

އިމިގްރޭޝަނުން މިއަދު އެކްސްގައި ހިއްސާކުރި ޕޯސްޓެއްގައި ބުނީ ގަވާއިދާ ޚިލާފަށް އުޅެމުންދާ ބިދޭސީން ބަލައި ފާސްކުރުމަށް ކުރިއަށް ގެންދާ ރެއިޑް އޮޕަރޭޝަންތަކުގެ ތެރެއިން، ޓާސްކް ފޯސްއިން މިއަދު ހެނދުނު މާލޭގެ ކަރަންކާ މަގުގައި ހުންނަ ކެފޭއަކާއި އެކަމަޑޭޝަން ބްލޮކެއް ބަލައި ފާސްކޮށްފައިވާ ކަމަށެވެ.

އަދި އެތަންތަނުގައި ގަވާއިދާ ޚިލާފަށް އުޅެމުންދިޔަ 25 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައި ވާކަމަށް އިމިގްރޭޝަނުން ވަނީ ހާމަކޮށްފައެވެ.



ރާއްޖޭގައި ގަވާއިދާއި ހިލާފަށް އުޅެމުންދިޔަ ބިދޭސީންގެ މައްސަލަ ބޮޑުވެ، އެކަން ހައްލު ކުރުމަަށް ދައުލަތުގެ މުއައްސަސާތަކުން ގުޅިގެން މަސައްކަތް ފެށީ މިދިޔަ އަހަރުއެވެ. އެގޮތުން ހާއްސަ ޓާސްކް ފޯސްއެއް އެކުލަވާލައި ހިންގި ރެއިޑު އޮޕަރޭޝަންތަކުގެ ތެރެއިން މިއަހަރުގެ ޖޫން މަހުގެ ނިޔަލަށް 7635 ބިދޭސީން ވަނީ ޑީޕޯޓު ކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު