ޑޮލަރުން ދައްކާގޮތަށް ލޯނު ނެގުން ނުހުއްޓޭ ހިނދަކު ޑޮލަރު މައްސަލަ ހައްލުނުކުރެެވޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލޭ ދެކުނު ދާއިރާގެ މެންބަރު ޑރ. އަހްމަދު ޝަމްހީދު މިރޭ ވިދާޅުވެއްޖެއެވެ.
ރާއްޖޭގެ މީޑިއާއެއްގެ ޕްރޮގްރާމަކަށް ދެއްވި އިންޓަވިއުއެއްގައި ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގައި ހިމެނިވަޑައިގަންނަވާ ޑރ. ޝަމްހީދު ވިދާޅުވީ، ސަރުކާރުން މިހާރު ގެނެސްފައިވާ ސިޔާސަތުތަކުގެ ސަބަބުން މި އަހަރު ތެރޭގައި ޑޮލަރުގެ އަގު 22 ރުފިޔާއަށް އަރައިފާނެ ކަމަށް ބެލެވޭ ކަމަށާއި، މިކަމަކީ މައިގަނޑު ގޮތެއްގައި ޑޮލަރަށް އޮތް ޑިމާންޑާއި ސަޕްލައިގެ މައްސަލައެއް ކަމަށެވެ.
ރާއްޖޭގައި އުޅޭ ޑޮލަރުގެ ދަތިކަން ޙައްލުކުރެވޭނެ ހަމައެކަނި ގޮތަކީ، ސަރުކާރުން ޚާއްޞަކޮށް ސޯޝަލް ޕްރޮޖެކްޓްތަކަށް ބޭރުން ޑޮލަރު ހޯދައި، އެ ފައިސާ ޑޮލަރުން އަބުރާ ދައްކަން ޖެހޭ ގޮތަށް ލޯނު ނެގުން ހުއްޓާލުން ކަމަށް ޑރ. ޝަމްހީދު ވިދާޅުވިއެވެ. އަދި އެފަދަ ލޯނު ނެގުން ނުހުއްޓޭހާ ހިނދަކު ޑޮލަރު މައްސަލައެއް ޙައްލުނުވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ޑރ. ޝަމްހީދު އިތުރަށް ވިދާޅުވީ، ސަރުކާރުން ޑިސިޕްލިން ނުވާނަމަ، ދިވެހިރާއްޖެއަށް ވަންނަ ހުރިހާ ޑޮލަރެއް ސަރުކާރަށް ލިބުނަސް، ޑޮލަރުގެ މައްސަލަ ޙައްލެއްނުވާނެ ކަމަށެވެ. ޑރ.ޝަމްޙީދު ވިދާޅުވީ ސަރުކާރުން ހިންގަން ބޭނުންވާ މަޝްރޫޢުތަކަށް ވަގުތު އެބައޮތް ކަމަށެވެ. އިންޑިއާއިންނާއި ބޭރުގެ އެހެން ޤައުމުތަކުން ފައިސާ ދިނުން އެއީ ރަނގަޅު ކަމެއް ނަމަވެސް، ފެނާއި ނަރުދަމާގެ ނިޒާމު ފަދަ ސޯޝަލް ޕްރޮޖެކްޓްތައް އެ ފައިސާއިން ހިންގުމުން، އެ ފައިސާ އަނބުރައި ދެއްކުމަށް ޑޮލަރު ހޯދާނެ ގޮތެއް ނޯންނަ ކަމަށް އޭނާ ވިދާޅުވިއެވެ.
"ސަރުކާރުން އެބަ ޖެހޭ ބޭރުން ހޯދާ ފައިސާގެ ބޮޑު ޕަސެންޓޭޖަކީ އަނބުރާ ޑޮލަރު ލިބޭނެ އެއްޗަކަށް ހެދެން. އެނޫން ގޮތަކަށް މިކަން ނުހުއްޓޭނެ،" ޑރ. ޝަމްހީދު ވިދާޅުވިއެވެ.
މީގެ އިތުރުން ޑރ. ޝަމްހީދު ފާހަގަކުރެއްވިގޮތުގައި ރާއްޖެއަށް މިހާރު ލިބިފައިވާ ލޯނުތަކުގެ ކޮމިޓްމަންޓްތައް ނިމޭއިރު ގާތްގަނޑަކަށް 6 ބިލިއަން ޑޮލަރަށް އަރާނެއެވެ. އިންޑިއާއިން ދާދިފަހުން 500 މިލިއަން ޑޮލަރުގެ ލޯނެއް ދީފައިވާ ކަމަށާއި، މިހާރުވެސް އެކި ފަރާތްތަކުން އިތުރު ލޯނުތައް ހޯދަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ. މިހާ ގިނަ ޑޮލަރުގެ ރިކުއަރމަންޓްސްތައް ސަރުކާރަށް ހުރި ނަމަވެސް، މި ލޯނުތަކުން ޑޮލަރު އަނބުރާ މާކެޓަށް ނުލިބޭ ކަމަށް ޑރ. ޝަމްހީދު ވިދާޅުވިއެވެ. އެހެންކަމުން، ޙަޤީޤީ މައްސަލައަކީ ސަރުކާރު ޑިސިޕްލިން ނުވާތީ ކަމަށް ވިދާޅުވެ، ޑރ. ޝަމްހީދު ވަނީ ރާއްޖެއިން ބޭރުން ފައިސާ ހޯދައިގެން ހިންގާ ސޯޝަލް ޕްރޮޖެކްޓްތައް ވަގުތީ ގޮތުން މަޑުޖައްސާލުމަށްވެސް ގޮވާލައްވާފައެވެ.
ޑރ.ޝަމްހީދު މިހެން ވިދާޅުވެފައިވާއިރު ޑޮލަރު ރޭޓު ދަށްނުވެ، ކަޅު ބާޒާރުގައި ޑޮލަރެއްގެ އަގު 20 ރުފިޔާއަށް ވުރެ މައްޗަށް ވަނީ އަރާފައެވެ.
ރާއްޖޭގައި ޑޮލަރު ވިއްކާ ރަސްމީ ބޭންކް ރޭޓަކީ 15.42 ރުފިޔާއެވެ. އެކަމަކު، ބޭންކުން އެކަށީގެންވާ މިންވަރަށް ޑޮލަރު ނުލިބޭ މައްސަލަ ބޮޑުވެ، އާންމުން ޒަރޫރީ ކަންކަމަށް ވެސް ޑޮލަރު ހޯދަން ޖެހެނީ ކަޅު ބާޒާރުން ކަން ފާހަގަކުރެވެއެވެ.
މިދިޔަ އޭޕްރީލް މަހު ރައީސުލްޖުމުހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ ރާއްޖެއަށް ދިމާވެފައި އޮތް ޑޮލަރުގެ މައްސަލަ ހައްލުކުރެވި، ޑޮލަރެއްގެ އަގު ބޭންކް ރޭޓަށް 2027 ނިމުމުގެ ކުރިން ދަށްކުރެވޭނެ ކަމަށެވެ. އޭގެ ކުރިން އެމަނިކުފާނު ވަނީ ޑޮލަރުގެ ރޭޓު ދެން ވާނީ ދަށްކަމަށާއި އިތުރަށް މަތިނުވާނެ ކަމަށް ވިދާޅުވެފައެވެ. ނަމަވެސް ޑޮލަރު މައްސަލަ ހައްލުކުރަން ސަރުކާރަށް ކުރާ މަސައްކަތުގެ އެއްވެސް ނަތީޖާއެއް އަދިއެއް ނުފެނެއެވެ.

ކިޔުންތެރިންގެ ހިޔާލު