ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ސްވިޒަލޭންޑަށް ކުރެއްވި ދަތުރުފުޅަށްފަހު ރާއްޖެ ވަޑައިގެންފިއެވެ.
ހަ ވަނަ ވޯލްޑް ކޮންފަރެންސް އޮފް ސްޕީކާސް އޮފް ޕާލިމަންޓުގައި ބައިވެރިވެ ވަޑައިގަތުމަށް އަބްދުއްރަހީމް ސްވިޒަލޭންޑްގެ ޖެނީވާއަށް ފުރާވަޑައިގެންނެވީ މިދިޔަ މަހުގެ 28 ވަނަ ދުވަހުއެވެ.
މަޖިލީހުގެ އިދާރާއިން މިއަދު ބުނީ، ޖެނީވާއަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރައްޔިތުންގެ މަޖިލީހުގެ ރައީސް، ޢަބްދުއްރަޙީމް ޢަބްދުالله އާއި ވަފުދުގެ ބޭފުޅުން މިއަދު ރާއްޖެ ވަޑައިގެންފައިވާ ކަމަށެވެ.
މި ކޮންފަރެންސްގައި ތަގުރީރު ކުރައްވަމުން އަބްދުއްރަހީމް ވިދާޅުވީ ދުނިޔޭގައި ހިނގަމުންދާ ހަނގުރާމަތަކާއި މޫސުމަށް އަންނަ ބަދަލުތަކުގެ އެންމެ ފުރަތަމަ އަސަރު ކުރަނީ ރާއްޖެއަށް ކަމަށެވެ.
އޭގެއިތުރުން ޣައްޒާގެ ރައްޔިތުން ތަހައްމަލު ކުރަމުންދާ ލާއިންސާނީ އަނިޔާއާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން އަބްދުއްރަހީމް ވަނީ ދުނިޔޭގެ ގާނޫނު ހަދާ މަޖިލިސްތަކުގެ އެއްބައިވަންތަކަން ދަމަހައްޓައި އަވަސް ފިޔަވަޅުތަކެއް އެޅުމަށް ގޮވާލައްވާފައެވެ.
މިކޮންފަރެންސްގެ މަޤްޞަދަކީ ބައިނަލްއަގުވާމީ ކަންކަމުގައި ޑިމޮކްރަސީގެ ފަރަގު ކުޑަކުރުމަށް އެހީތެރިވެދިނުމެވެ. މިފަހަރުގެ ބައްދަލުވުމުގައި ވިއްސައްވުރެ ގިނަ ޤައުމުން ބައިވެރިވެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު