ކަޅު ބާޒާރުގައި ޑޮލަރުގެ އަގުއުފުލި ޑޮލަރު ލިބުން ދަތިވެފައިވާ މައްސަލައިގައި މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް އެމްއެމްއޭގެ ވެރިން ހާޒިރުކުރި ބައްދަލުވުން އެ އިދާރާއިން އެދިގެން ސިއްރު ކޮށްފިއެވެ.
ރާއްޖެއަށް ކުރިމަތިވެފައިވާ ޑޮލަރުގެ ދަތިކަމާ ގުޅޭގޮތުން އެމްއެމްއޭއިން ކުރަމުން ގެންދާ މަސައްކަތްތަކުގެ މައުލޫމާތު ދިނުމަށް އެމްއެމްއޭއިން އެދިގެން ބޭއްވި މި ބައްދަލުވުން ފެށުމާއެކު، ކޮމިޓީގެ ރިޔާސަތުގައި އިންނެވި ކޮމިޓީގެ ނައިބު މުގައްރިރު، އޭދަފުށީ ދާއިރާގެ މެންބަރު އަހްމަދު ސަލީމް (ރެޑްވޭވް ސަލީމް) ވިދާޅުވީ މި ބައްދަލުވުން ސިއްރު ކުރުމަށް އެމްއެމްއޭއިން އެދިފައިވާ ކަމަށެވެ.
“ގަވަރުނަރު ބޭނުންފުޅުވަނީ މި ކޮމިޓީ ސިއްރުކޮށްގެން ކުރިއަށް ގެންގޮސްދެއްވުމަށް.” ސަލީމް ވިދާޅުވިއެވެ.
ސަލީމް މިހެން ވިދާޅުވުމުން މިއަދުގެ ކޮމިޓީ ސިއްރުކުރަން ހުށަހެޅުއްވީ ފުނަދޫ ދާއިރާގެ ޕީއެންސީ މެންބަރު މުހައްމަދު މަމްދޫހެވެ. އެގޮތުން މަމްދޫހު ވިދާޅުވީ، އެމްއެމްއޭއިން އެދޭނަމަ ކޮމިޓީ ސިއްރުކުރަން ޖެހޭ ކަމަށާއި، މިކަމަކީ ވަރަށް ގިނަ ބައެއްގެ މަސްލަހަތާއި ގުޅުންހުރި ކަމެއް ކަމަށެވެ.
މަމްދޫޙުގެ ހުށަހެޅުމަށް ތާއީދު ކުރެއްވީ ހެންވޭރު އުތުރު ދާއިރާގެ ޕީއެންސީ މެންބަރު އަހްމަދު އައިފާނެވެ. އަދި ހުށަހެޅުން ފާސްވީ ހަ މެންބަރުންގެ ވޯޓުންނެވެ. ބައްދަލުވުން ސިއްރު ކުރަން ނުފެންނަ ކަމަށް ވޯޓުދެއްވީ އެމްޑީޕީގެ މެންބަރު ޣަފޫރާއި، މެންބަރު ޝަމްހީދެވެ.

ކިޔުންތެރިންގެ ހިޔާލު