އުއްތަމަ ފަނޑިޔާރުގެ މަގާމަށް ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު އަބްދުލްޣަނީ މުހައްމަދު އައްޔަންކުރަން ރުހުން ދޭން ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމެޓީން ފާސްކޮށްފިއެވެ.
އުއްތަމަ ފަނޑިޔާރުގެ މަޤާމުގައި ހުންނެވި އަހުމަދު މުއުތަސިމް އަދުނާން މިދިޔަ މަހު މަގާމުން ރިޓަޔާ ކުރެއްވުމާ ގުޅިގެން އެ މަޤާމަށް ކުރިމަތިލުމަށް ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ހުޅުވާލި ފުރުސަތުގައި އެ މަޤާމަށް ކުރިމަތިލީ ޣަނީގެ އިތުރުން ފެމިލީ ކޯޓުގެ ގާޒީ އަބްދުﷲ މުހައްމަދާއި ހައި ކޯޓުގެ ކުރީގެ އިސް ފަނޑިޔާރު ޝުޖާއު އުސްމާން އެވެ.
އެ މަގާމަށް ކުރިމަތިލެއްވި 3 ބޭފުޅުންގެ ތެރެއިން ޖޭއެސްސީ އިން ރައީސް އަށް ލަފާ ދިނީ ޣަނީ އައްޔަން ކުރުމަށެވެ. އެހެންކަމުން ރައީސް ޑރ މުއިއްޒު ވަނީ ޣަނީ ގެ ނަން ރައްޔިތުންގެ މަޖިލީހަށް ފޮނުވާފައެވެ.
މިއަދުގެ ޖަލްސާގައި ޣަނީގެ ނަން ހުށަހެޅުމުން އެމައްސަލަ ޖުޑިޝަރީ ކޮމެޓީއަށް ވަނީ ފޮނުވާފައެވެ. އެއަށްފަހު ޖުޑީޝަރީ ކޮމެޓީން އެ މައްސަލަ ދިރާސާކުރުމަށްފަހު ނިންމާފައިވަނީ ޣަނީ އެ މަޤާމަށް އައްޔަނުކުރަން ފެންނަ ކަމަށެވެ.
ދެން އޮންނާނީ މަޖިލީހުގެ ތަޅުމުން އެ މައްސަލާގައި ގޮތެއް ނިންމުމެވެ. ނަމެވެސް އެ މައްސަލާގައި މެމްބަރުން ގޮތެއް ކަނޑައެޅުމަށް މައްސަލަ ތާވަލްކުރާނެ ވަކި ދުވަހެއް އަދި ކަޑައަޅާފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު