ޒަމާނީ ޓެކްނޮލޮޖީއާއެކު ކަނޑު އުޅަނދުފަހަރުގެ ޙަރަކާތްތައް ހަރުދަނާކަމާއެކު މޮނިޓަރކުރުމުގެ ނިޒާމެއް މޯލްޑިވްސް އިމިގްރޭޝަނުގެ ސީޕޯޓު ޑިވިޝަނުން ޤާއިމުކޮށްފިއެވެ.
ސީޕޯޓް ޑިވިޝަނުން ގާއިމްކުރި މި ނިޒާމަކީ ޔުނިވަރސަލް އޮޓޮމެޓިކް އައިޑެންޓިފިކޭޝަން ސިސްޓަމް (ޔޫއޭއައިއެސް) ގެ ޒަމާނީ ޓެކްނޮލޮޖީ ބޭނުންކޮށްގެން ކަނޑު އުޅަނދުފަހަރުގެ ހަރަކާތްތައް ހަރުދަނާކަމާއެކު މޮނިޓަރކުރެވޭނެ ނިޒާމެކެވެ.
އިމިގްރޭޝަނުން ބުނީ މި އިންތިޒާމުގެ ދަށުން މާލެ ޕޯޓު ސަރަޙައްދުން ފެށިގެން 30 ނޯޓިކަލް މޭލު ސަރަޙައްދުގައި ދުއްވާ އެންމެހައި ކަނޑު އުޅަނދުފަހަރުގެ ޙަރަކާތްތައް ރިއަލްޓައިމްކޮށް ދެނެގަތުމުގެ ޤާބިލުކަން ލިބިގެންދާނެ ކަމަށެވެ.
ހަމަ އެހެންމެ، މިއީ ބައިނަލްއަޤްވާމީ ފެންވަރުގެ ޕޯޓުތަކުގައި ވެސް އެތަންތަނުގެ ހިންގުން ހަރުދަނާކުރުމަށާއި، ސަލާމަތީ ކަންކަން ކަށަވަރުކުރުމަށް ބޭނުންކުރަމުން އަންނަ ޒަމާނީ ސިސްޓަމެއްކަން އިމިގްރޭޝަނުން ވަނީ ފާހަގަަކޮށްފައެވެ.
އަލަށް ޤާއިމްކުރެވުނު މި ނިޒާމުގެ ދަށުން ސީޕޯޓު ޑިވިޝަންގައި މަސައްކަތް ކުރާ އެންމެހާ މުވައްޒަފުންގެ މަސައްކަތްތަކަށް ބޮޑު ލުޔެއް ލިބިގެންދާނެ ކަމަށް އިމިގްރޭޝަނުން ވަނީ ހާމަކޮށްފައެވެ.
އެގޮތުން، ކުރިއާއި ޚިލާފަށް މިހާރު ރާއްޖެއަށް އަންނަ ބޯޓުފަހަރުގެ އީޓީއޭ ލިބުމުގެ ސަބަބުން ބޯޓުފަހަރަށް އޮފިސަރުން ދިޔުމަށް ވާންޖެހޭ ތައްޔާރީތައް ފަސޭހަކަމާއެކު ކުރިއަށްދާކަމަށް އިމިގްރޭޝަނުން ވަނީ ބުނެފައެވެ.
މި ނިޒާމަކީ އިމިގްރޭޝަނުގެ ކެޕޭސިޓީ ފުޅާކުރުމަށް އެޅިގެންދާ މުހިންމު ފިޔަވަޅެއްކަމަށާއި، މި ނިޒާމުގެ ސަބަބުން ސީޕޯޓު ޑިވިޝަނުން ދޭ ކްލިއަރެންސްތައް އިތުރަށް ހަލުވިވެ، ޚިދުމަތުގެ ފެންވަރު ރަނގަޅުވެގެންދާނެ ކަމަށް އެ އިދާރާއިން ބުނެފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު