ތައިލޭންޑާއި ކެމްބޯޑިޔާއާ ދެމެދު ސުލްޙައިގެ އެއްބަސްވުން ދެމެހެއްޓުމާ ގުޅޭގޮތުން ދެ ޤައުމުގެ މެދުގައި އިބްތިދާޢީ މަޝްވަރާތައް ފަށައިފިއެވެ.
މި މަޝްވަރާތައް ފަށާފައިވަނީ އަންނަ ބުރާސްފަތި ދުވަހު މެލޭޝިޔާގައި ބޭއްވުމަށް ހަމަޖެހިފައިވާ ދެ ޤައުމުގެ ދިފާޢީ ވަޒީރުންގެ ބައްދަލުވުމާ ދިމާކޮށެވެ.
ދެ ޤައުމުގެ މެދުގައި ހިނގަމުންދިޔަ ވަރުގަދަ ޙަމަލާތައް ހުއްޓައިލުމަށް އެއްބަސްވެފައިވަނީ މިދިޔަ ޖުލައި މަހުގެ 28 ވަނަ ދުވަހުއެވެ. މި ޙަމަލާތައް ފެށިފައިވަނީ ޖުލައި މަހުގެ މެދުތެރޭގައި، ބޯޑަރު ކައިރިން ތައިލެންޑުގެ ސިފައިންގެ މީހަކަށް ޒަޚަމްވުމާ ގުޅިގެންނެވެ.
ތައިލެންޑުން ވަނީ ބޯޑަރު ކައިރީގައި ކެމްބޯޑިޔާއިން މައިން ވަޅުލާފައިވާ ކަމަށް ތުހުމަތުކޮށްފައެވެ. ނަމަވެސް، ކެމްބޯޑިޔާއިން ވަނީ އެ ތުހުމަތުތައް ދޮގުކޮށްފައެވެ.
މި މައްސަލަ އިތުރަށް ގޯސްވެ، ދެ ފަރާތުގެ ސިފައިން ވަނީ ބަރު ހަތިޔާރު ބޭނުންކޮށްގެން ބޯޑަރު ކައިރީގައި ހަމަލާ ބަދަލުކޮށްފައެވެ.
މިއީ ފާއިތުވި 10 އަހަރު ދުވަހުގެ ތެރޭގައި މި ދެ ޤައުމުގެ މެދުގައި ހިނގި އެންމެ ވަރުގަދަ ޙަމަލާތަކެވެ. މި ޙަމަލާތަކުގައި 36 މީހުން ވަނީ މަރުވެފައެވެ. އޭގެ ތެރެއިން ގިނައީ އާންމު ރައްޔިތުންނެވެ.
މެލޭޝިޔާއިން އިސްނަގައިގެން، އެމެރިކާއާއި ޗައިނާގެ އެހީތެރިކަމާއެކު ބޭއްވި މަޝްވަރާތަކަކަށްފަހު ޙަމަލާތައް މެދުކަނޑައިލުމަށް އެއްބަސްވި ނަމަވެސް، އެ އެއްބަސްވުމާ ޚިލާފުވަމުންދާކަމަށް ދެފަރާތުން ވެސް ދަނީ ތުހުމަތުކުރަމުންނެވެ. ކެމްބޯޑިޔާއިން ބުނާ ގޮތުގައި ތައިލޭންޑުން ވަނީ ހައިމާކު ބޭނުންކޮށްގެން، ކެމްބޯޑިޔާގެ ބޯޑަރުގައި ކަށިނަރު ޖަހައި، އިތުރު ސިފައިން ޖަމާކޮށްފައެވެ.
މީގެއިތުރުން، ތައިލޭންޑުގެ ބެލުމުގެ ދަށުގައި ތިބި 18 ސިފައިންގެ މީހުން ދޫކޮށްލުމަށް ކެމްބޯޑިޔާއިން ދަނީ ގޮވާލަމުންނެވެ. ނަމަވެސް، ތައިލޭންޑުން ބުނެފައިވަނީ އެ މީހުން ދޫކޮށްލާނީ، ސުލްޙައިގެ ދާއިމީ އެއްބަސްވުމެއް އެކުލަވާލައި، އެއަށް ޢަމަލުކުރަން ފެށުމުން ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު