އުއްތަމަ ފަނޑިޔާރަށް ރުހުން ދިނުމަށް ކުޑަތަންވެފައި ވަނިކޮށް މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީން ޑރ. އަނާރާ ނަޢީމް ވަކިކޮށްފިއެވެ.
މަޖިލީހުގެ ކޮމިޓީތަކަށް ގެނެސްފައިވާ ބައެއް ބަދަލުތައް މަޖިލީހުގެ މިއަދުގެ ޖަލްސާގެ ތަޅުމުގައި އިއްވަވަމުން މަޖިލީހުގެ ރިޔާސަތުން ވަނީ ޖުޑީޝަރީ ކޮމެޓީން ހުރާ ދާއިރާގެ މެންބަރު ޑރ. އަނާރާ ނައީމް ވަކިކޮށް އެކޮމެޓީއަށް ވިލުފުށީ ދާއިރާގެ މެންބަރު ޙަސަން ވަޙީދު އައްޔަން ކޮށްފައިވާކަން އިޢުލާނު ކުރަށްވާފައެވެ.
ޤާނޫނީ ދާއިރާއިން ޕީއެޗްޑީ ޙާސިލް ކުރަށްވައިގެން ހުންނެވި ޑރ. އަނާރާ ޖުޑީޝަރީ ކޮމިޓީން ވަކިކޮށްފައިވާއިރު، ހުސްވެފައިވާ އުއްތަމަފަނޑިޔާރުގެ މަގާމަށް ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު އަބްދުލްޣަނީ މުހައްމަދު އައްޔަންކުރަން ރުހުން ދޭން ފެންނަ ކަމަށް ޖުޑީޝަރީ ކޮމިޓީން އިއްޔެ ވަނީ ނިންމައިފައެވެ. އަދި މަޖިލީހުގެ މިއަދުގެ ޖަލްސާގައި މަޖިލީހުގެ ތަޅުމުން އެކަމަށް ގޮތެއް ނިންމާނެ ކަމަށް ބެލެވެއެވެ.
އަބްދުލްޣަނީގެ ނަން ރައްޔިތުންގެ މަޖިލީހަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު ހުށަހެޅުއްވުމުން އިއްޔެގެ ޖަލްސާގައި އޭނާގެ ނަން ދިރާސާކުރުމަށް ޖުޑީޝަރީ ކޮމިޓީއަށް ފޮނުވައި، މާ ގިނައިރުތަކެއްނުވެ، ކޮމިޓީން އިއްޔެ ވަނީ ޣަނީއަށް ރުހުންދޭން ނިންމައިފައެވެ.
އިއްޔެގެ ކޮމިޓީ ބައްދަލުވުމުގައި އަބްދުލްޣަނީއަށް ރުހުން ދޭން ފެންނަ ކަމަށް ފާސްކުރަން ހުށަހެޅުއްވީ ފަރެސްމާތޮޑާ ދާއިރާގެ މެންބަރު އަޝްރަފް ރަޝީދެވެ. ތިމަރަފުށި ދާއިރާގެ މެންބަރު އަހްމަދު ރިޔާޒް ތާއީދުކުރެއްވިި އެ ހުށަހެޅުން ފާސްވީ ކޮމިޓީގައި ބައިވެރިވި މެންބަރުންގެ އިއްތިފާގުންނެވެ.
އުއްތަމަ ފަނޑިޔާރުގެ މަގާމަށް އަބްދުލްޣަނީ އައްޔަންކުރަން ރައީސަށް ލަފާދޭން ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އިން ނިންމީ ހޮނިހިރު ދުވަހެވެ.

ކިޔުންތެރިންގެ ހިޔާލު