މިދިޔަ އަހަރު ދައުލަތަށް ލިބުނު ޖުމުލަ އާމްދަނީ މިހާރުވެސް ލިބިފައިވާ ކަމަށާއި މިދިޔަ އަހަރުގެ މި މުއްދަތާއި މިއަހަރު މި މުއްދަތަށް ބަލާއިރު އިޤްތިޞާދު 2.5 ޕަސެންޓް ކުރިއަރާފައިވާ ކަމަށް އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ރޭ ވިދާޅުވެއްޖެއެވެ.
ދައުލަތުގެ މީޑިޔާ، ޕީއެސްއެމްގެ ޕްރޮގުރާމަކަށް ދެއްވި ޚާއްސަ އިންޓަވިއު އެއްގައި އިކޮންމިކް މިނިސްޓަރު މުޙައްމަދު ސަޢީދު ވިދާޅުވީ، 2024 ވަނަ އަހަރަކީ ދައުލަތަށް އެންމެ ގިނަ އާމްދަނީ ލިބުނު އަހަރު ކަމަށް ލިސްޓުކުރެވިފައި އޮތް އަހަރު ކަމަށެވެ. އަދި މި އަހަރުގެ މިހާތަނަށް ލިބުނު ޖުމުލަ އާމްދަނީއަކީ، 2024 ވަނަ އަހަރުގެ ޖުމުލަ އާމްދަނީއަށްވުރެ އިތުރުވެފައިވާ އަދަދެއް ކަމަށް ދާދިފަހުން މަޢުލޫމާތު ލިބިފައިވާ ކަމަށް ސަޢީދު ވިދާޅުވިއެވެ. މިއީ ރާއްޖޭގައި ލިބޭ އާމްދަނީ ވަރަށް ބޮޑުތަނުން އިތުރުވަމުން އަންނަކަން ދައްކައިދޭ ކަމެއް ކަމަށް ސަޢީދު ވިދާޅުވިއެވެ.
މީގެ އިތުރުން މިނިސްޓަރު ސަޢީދު ވިދާޅުވީ، 2024 ވަނަ އަހަރުގެ ކުއާޓަރާ އަޅާ ބަލާއިރު، މި އަހަރުގެ ކުއާޓަރުގައި ރާއްޖޭގެ އިޤްތިޞާދު 2.5 ނުވަތަ 2.4 ޕަސެންޓް ކުރިއަރާފައިވާ ކަމަށެވެ. މުޅި އިޤްތިޞާދު ޕްރޮގްރެސިވްކޮށް ކުރިއަށް ދަނީ ކަމަށާއި، އުފައްދާފައިވާ ދަރަންޏަށް އަލުން އަނބުރާ އިޢާދަކުރެވި މިއަދު ރާއްޖޭގެ އިޤްތިޞާދު ކުރިއަށްދާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
ވަޒީރު ސަޢީދު އިތުރަށް ވިދާޅުވީ، ރައީސް ޑރ. މުޢިއްޒާއި ފިނޭންސް މިނިސްޓަރު ވެސް ވަރަށް ގިނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާ ކަމަށެވެ. ވާރުތަވި މާލީ ހާލަތުގައި، ދަރަނިވެރިކޮށްފައި ހުރި ފަރާތްތަކާ ވާހަކަ ދައްކަވައިގެން ވެސް ވަރަށް ގިނަ މަސައްކަތްތަކެއް ކުރައްވަމުންދާ ކަމަށާއި، ރައްޔިތުންނަށް ދަތިވާ ކަންތައްތައް ހައްލުކުރެވި، ޤައުމާއި އިޤްތިޞާދު ކުރިއަށްދާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.
ސަޢީދު ވިދާޅުވީ، ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވެރިކަމާއި ހަވާލުވެވަޑައިގެންނެވިއިރު ދައުލަތުގެ 125 ބިލިއަން ރުފިޔާގެ ދަރަންޏަކާއި، 8 ބިލިއަން ރުފިޔާ ޗާޕުކޮށް ބާޒާރަށް ނެރެ ރުފިޔާގެ އަގުވެއްޓިފައި އޮތް ހާލަތެއް އެމަނިކުފާނަށް ވާރުތަވި ކަމަށެވެ. އަދި ސަރުކާރުގެ ކުންފުނިތަކުން އާންމު ރައްޔިތުންނަށް ދޭންޖެހޭ ފައިސާއާ އެއްކޮށް، 9.1 ބިލިއަން ރުފިޔާގެ ނުދެއްކި ހުރި ބިލުތަކާއި، ރޭޓިންގއަށް ބެލިނަމަވެސް އެތައް މައްސަލަތަކެއް ހުރި ކަމަށް މިނިސްޓަރު ސަޢީދު ފާހަގަކުރެއްވިއެވެ.
"ހިމަ ކަންވާރު ނަނެއް ދެތިން ނަނު އެއްކޮށްލާފައި ތައްޓުމައްޗަށް އޮޅާލާގެން އޮޅާލާފައި އޮތީ." މި ސަރުކާރު ވެރިކަމާއި ހަވާލުވިއިރު ޤައުމު އޮތް ހާލަތު ސިފަކޮށްދެއްވަމުން ވަޒީރު ސަޢީދު ވިދާޅުވިއެވެ.
މީގެ އިތުރުން ސަޢީދު ވިދާޅުވީ މި ހާލަތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޢިއްޒު ކެތްތެރިކަމާއި މަޑުމައިތިރިކަމާއެކު، ދިމާވާ ހުރިހާ ގޮންޖެހުންތަކާ ސާބިތުކަމާއެކު ކުރިމަތިލައްވައި، ރާއްޖޭގެ އިޤްތިޞާދު ހަމަމަގަށް އަޅުއްވައި، ކަންތައްތައް ރަނގަޅުކުރައްވަމުން ގެންދަވާ ކަމަށެވެ.
ސަރުކާރުގެ ޢުމްރާނީ މަސައްކަތްތަކާ ގުޅޭގޮތުން ދެކެވޭ ވާހަކަތަކަށް އިޝާރާތްކުރައްވަމުން ވަޒީރު ސަޢީދު ވިދާޅުވީ، ރަށްރަށުގެ ޕްރޮޖެކްޓްތައް ކުރިއަށް ނުދާ ކަމަށް ބުނެ ފާޑުވިދާޅުވާ ބޭފުޅުން ދައްކަނީ ރަނގަޅު ވާހަކައެއް ނޫން ކަމަށެވެ. އެބޭފުޅުންގެ މި ހުއްޖަތަކީ ރަނގަޅު ހުއްޖަތެއް ނޫން ކަމަށާއި، ވަރަށް ގިނަ ރަށްރަށުގައި ޕްރޮޖެކްޓްތައް ކުރިއަށްދާ ކަމަށް ސަޢީދު ވިދާޅުވިއެވެ. ރައީސް ޑރ. މުޢިއްޒު ކޮންމެ ރަށަކަށް، ކޮންމެ ސިޓީއަކަށް ވެފައިވާ ވަޢުދުފުޅުތައް އަކުރުން އަކުރަށް ފުއްދެވުމަށް، ކުންފުނިތަކާއި ސަރުކާރުގެ ކަމާބެހޭ ވުޒާރާތަކާ އެއްކޮށް ވަރަށް ބޮޑަށް މަސައްކަތްކުރެވެމުންދާ ކަމަށް ވަޒީރު ސަޢީދު ވިދާޅުވިއެވެ.
މިކަމަށް ވަޒީރުންނާއި، ރައީސް އޮފީހުން، އަދި ސީދާ ރައީސްގެ ބެއްލެވުމުގެ ދަށުން ވަރަށް ގިނަ ވަގުތު ހޭދަކުރައްވައި، މަސައްކަތްތައް ކުރައްވަމުންދާ ކަމަށާއި، ކުރިއަށް އޮތް ދުވަސްތަކުގައި މި ޕްރޮޖެކްޓްތައް މިހާރަށްވުރެ އިތުރު ސްޕީޑުގައި ކުރިއަށްދާނެ ކަމަށް މިނިސްޓަރު ސަޢީދު ވިދާޅުވިއެވެ.
އިޤްތިޞާދަށް ކުރާ އަސަރުތަކާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން ވަޒީރު ސަޢީދު ވިދާޅުވީ، ރާއްޖޭގެ އިޤްތިޞާދުގައި ހަމައެކަނި ކޮންޓްރިބިއުޓްކުރާ ފެކްޓަރަކީ ރަށްރަށުގައި ހިންގާ ޢުމްރާނީ މަސައްކަތްތައް ނޫން ކަމަށެވެ. މީގެތެރޭގައި ޕްރައިވެޓް ސެކްޓަރގެ ވަރަށް ގިނަ މަސައްކަތްތައް ހިމެނޭ ކަމަށާއި، ޚާއްސަކޮށް ފަތުރުވެރިކަމުގެ ސިނާޢަތުގައި ބޮޑެތި އިންވެސްޓްމަންޓްތައް މިހާރުވެސް ކުރިއަށްދާ ކަން ސަޢީދު ވަނީ ފާހަގަކުރަށްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު