ނުހައްގު މުއްސަނދިކަން ހޯދުމުގެ މައްސަލަތައް މާލިއްޔަތު ކޮމެޓީގައިވެސް އެބަހުރި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެންބަރު އަހްމަދު ނާޒިމް ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި، ޓެކްސް ނެގުމާ ބެހޭ އިދާރީ ގާނޫނަށް ގެންނަ އިސްލާޙުތަކަށް ބަހުސް ކުރަށްވަމުން ނާޒިމް ވިދާޅުވީ، ރާއްޖޭގައި މުއައްސަސާތަކުގެ ވެރިންނާއި، މުސްތަގިއްލު މަގާމުތަކުގައި ތިއްބަވާ ބޭފުޅުންވެސް ނުހައްގު މުއްސަނދިކަން ހޯދައި އެ މުއްސަނދިކަން ފަށަލަކޮށް ފޮރުވައި އާއިލާ މެންބަރުންގެ މައްޗަށްވެސް އެ މުއްސަނދިކަން ފަތުރާ މަންޒަރު ފެންނަ ކަމަށެވެ.
ނަމަވެސް ޤާނޫނަށް ހުށައަޅާފައިވާ އިސްލާޙާއި އެއްގޮތަށް ތިން އަހަރުގެ ޖަލު ހުކުމް ތަންފީޒް ކުރެވިއްޖެނަމަ އިދާރާތަކުގެ ވެރިންނަށް ނުހައްގު މުއްސަނދިކަން ނުހޯދޭނެކަމަށް އޭނާ ވިދާޅުވިއެވެ. އަދި މާލީ ބަޔާން ހުށަހަޅަންވީ ގޮތާއި، އެކަމުގެ ކަންތައްތައް ގާނޫނަށް ގެނެވޭ އިސްލާހުގެ ސަބަބުން ތައްޔާރުވެގެން ދިއުމަކީ ލިބޭނެ ވަރަށް ބޮޑު ކުރިއެރުމެއް ކަމަށް ނާޒިމް ވިދާޅުވިއެވެ.
ހަމައެއާއެކު ނާޒިމް ވިދާޅުވީ މަޖިލީހުގެ މާލިއްޔަތު ކޮމެޓީން ބަލާ މައްސަލަތަކުގެ ތެރޭގައިވެސް ނުހައްގު މުއްސަނދިކަން ހޯދުމުގެ މައްސަލަތައް އެބަހުރިކަމަށާއި، މި ބިލާއެކު ޓެކްސް ދައްކާ ފަރާތްތަކަށްވެސް ވަރަށް ބޮޑު ލުޔެއް ލިބި، މީރާ އަށްވެސް ފަސޭހަތައް ލިބިގެންދާނެ ކަމަށެވެ.
ނާޒިމް މިހެން ވިދާޅުވެފައިވާއިރު، ޓެކުހާ ގުޅޭ ކުށްތަަކަަށް ދޭ އަދަބުތައް ބޮޑުކޮށް، މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް އިތުރު ބާރުތަކެއްދޭން، ޓެކްސް ނެގުމާބެހޭ އިދާރީ ގާނޫނަށް ސަރުކާރުން ވަނީ މަޖިލީހަށް އިސްލާހް ހުށައަޅާފައެވެ.

ކިޔުންތެރިންގެ ހިޔާލު