ތަންފީޒީ އިދާރާތަކުން އެއްބާރުލުން ނުލިބޭތީ މަޖިލީހުގެ މެންބަރުންކުރާ މަސައްކަތުގެ ނަތީޖާ ނުފެންނަކަމަށް އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕުގެ މެމްބަރު އަދި ހަނިމާދޫ ދާއިރާގެ މެމްބަރު އަބްދުލް ޣަފޫރު މޫސާ ވިދާޅުވެއްޖެއެވެ.
ޣަފޫރު މިމޭރުމުން ވާހަކަފުޅު ދައްކަވާފައިވަނީ، ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި، ޓެކްސް ނެގުމާ ބެހޭ އިދާރީ ގާނޫނަށް ގެންނަ އިސްލާޙުތަކަށް ބަހުސް ކުރަށްވަމުންނެވެ. އެގޮތުން ޣަފޫރު ވިދާޅުވީ، ސަރުކާރުން ހުށައަޅާފައިވާ ބިލުގައިހުރި ކަންތައްތަކަކީ ރަނގަޅު އަސަރުތަކެއް ނިކުމެދާނެ ކަންތައްތަކެއް ކަމަށެވެ.
އެހެން ނަމަވެސް މަޖިލީހުގައި މެންބަރުން ކުރާ މަސައްކަތުގެ އަސަރު ނުފެންނަނީ، އެކަމަށް ތަންފީޒީ އިދާރާތަކުން އެއްބާރުލުން ނުދޭތީ ކަމަށް ޣަފޫރު މިއަދު ވިދާޅުވިއެވެ.
“ދައުލަތުގެ ބައެއް މުއައްސަސާތަކުގެ މަސައްކަތަކީ ވައްކަން ކުރަން މަގު ފަހިކުރުން. އެހެންނެއް ވެގެން ނުވާނެ. މީ ގައުމެއް. ގައުމުގައި ވައްކަމާއި ކޮރަޕްޝަން މަދުކުރުމަށްޓަކައި ކުރަން ހުރި މަސައްކަތްތައް އަޅުގަނޑުމެން ކުރަން ޖެހޭނެ.” ހިތްހަމަ ނުޖެހުން ފާޅުކުރަށްވަމުން ޣަފޫރު ވިދާޅުވިއެވެ.
ޢަފޫރު ވިދާޅުވީ ރާއްޖެ ގައުމެއްގެ ގޮތުގައި ދެމިއޮތުމަށްޓަކައި ކޮރަޕްޝަނާއި ވައްކަން ނައްތާލަން ޖެހޭކަމަށެވެ. ނަމަވެސް ކޯޓުތަކުންވެސް އެފަދަ މައްސަލަ ބަލަނީ، މައްސަލަ ސާބިތު ނުވާނެ ހުރިހާ ގޮތެއް ބަލައިގެން ކަމަށް ޣަފޫރު ތުހުމަތު ކުރެއްވިއެވެ.
އޭގެއިތުރުން ޣަފޫރު ވިދާޅުވީ، ކޮރަޕްޝަން ނައްތާލުމުގައި އިހުމާލުވާ ތަންފީޒީ އިދާރާތަކުގެ މުވައްޒަފުން އިންސާފުގެ ކުރި މައްޗަށް ގެނައުމުގެ ގާބިލްކަން ކޮންމެ ސަރުކާރެއް އޮތް ނަމަވެސް ހުންނަން ޖެހޭނެ ކަމަށެވެ.
ޣަފޫރު މިހެން ވިދާޅުވެފައިވާއިރު، ޓެކުހާ ގުޅޭ ކުށްތަަކަަށް ދޭ އަދަބުތައް ބޮޑުކޮށް، މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް އިތުރު ބާރުތަކެއްދޭން، ޓެކްސް ނެގުމާބެހޭ އިދާރީ ގާނޫނަށް ސަރުކާރުން ވަނީ މަޖިލީހަށް އިސްލާހް ހުށައަޅާފައެވެ.

ކިޔުންތެރިންގެ ހިޔާލު