ވަޒީފާގެ ބިރުވެރިކަން އުފައްދައިގެން ރައްޔިތުން ފަހަތަށް ނުޖެއްސޭނެ ކަމަށް ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމް.ޑީ.ޕީ)ގެ ރައީސް އަދި ކުރީގެ ޚާރިޖީ ވަޒީރު ޢަބްދުالله ޝާހިދު ވިދާޅުވެއްޖެއެވެ.
މީސްމީޑިއާގައި ޙިއްސާ ކުރެއްވި މެސެޖެއްގައި ޝާހިދު ވިދާޅުވީ، މި ސަރުކާރުން ހައުސިން ޑިވޮލޮޕްމަންޓް ކޯޕަރޭޝަންގައި މަސައްކަތް ކުރަމުން އައި ދާއިމީ ފަސް މުވައްޒަފަކު ސަސްޕެންޑު ކުރުމުން ހާމަވަނީ ސަރުކާރުގެ އަނިޔާވެރިކަން ކަމަށެވެ.
އަދި، މީގެ ކުރިންވެސް މި ސަރުކާރުން ހައުސިން މިނިސްޓްރީގެ ދާއިމީ މުވައްޒަފުންތަކެއް ވަކިކުރި ކަމަށް ޝާހިދު ވަނީ ވިދާޅުވެފައެވެ.
“ވަޒީފާގެ ބިރުވެރިކަން އުފައްދައި، އަނިޔާވެރިކަން ދައްކަވައިގެން މި ރައްޔިތުން ފަހަތަށް ޖެއްސެވޭނެކަމަށް ހީފުޅުކުރެއްވުމަކީ ގޯހެއް.” ޝާހިދު ވިދާޅުވިއެވެ.
ޝާހިދު މިހެން ވިދާޅުވެފައިވާއިރު، ހައުސިންގ ޑިވެލޮޕްމަންޓް ކޯރޕަރޭޝަން (އެޗްޑީސީ)ގެ ފަސް ވެރިއަކު މިހާރު ވަނީ މަގާމުން އެކަހެރިކޮށް ކުންފުނިން އެމީހުންނަށް ދީފައިވާ އެކްސެސްތައް ކަނޑާލާފައިކަމަށް މަޢުލޫމާތު ލިބިފައިވެއެވެ. މަޤާމުން އެކަހެރި ކޮށްފައިވާ ފަރާތްތަކުގެ ތެރޭގައި އެ ކުންފުނީގެ ޗީފް ޕްލޭނިންގ އޮފިސަރާއި ޗީފް ރިސޯސް އޮފިސަރ ގެ އިތުރުން ލީގަލް ޑިޕާރޓްމަންޓްގެ ހެޑް ހިމެނެއެވެ.
އެޗްޑީސީގެ ބައެއް ޑިޕާޓްމަންޓުތަކުގެ ވެރިން ޒިންމާތަކުން މި ވަގުތަށް އެކަހެރި ކުރިއިރު، އެ ކުންފުނީގެ އައު މެނޭޖިން ޑިރެކްޓަރަކަށް އާރުޑީސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަލީ ޒުހައިރު ވަނީ މިދިޔަ މަހުގެ 30 ގައި އައްޔަންކޮށްފައެވެ.

ޕީއެންސީގެ ލިސްޓަކަށް އެޗްޑީސީގައި ވަޒީފާ އަދާކުރަމުން ދިޔަ 5
— Abdulla Shahid (@abdulla_shahid) August 5, 2025
ދާއިމީ މުއައްޒަފަކު ސަސްޕެންޑް ކުރި ކުރުމުން ހާމަވަނީ ރައީސް މުއިއްޒުގެ އަނިޔާވެރިކަން. މީގެ ކުރިންވެސް މި ސަރުކާރުންވަނީ ހައުސިންގ މިނިސްޓްރީގެ ދާއިމީ މުއައްޒަފުންތަކެއް ވަޒީފާއިން ވަކި ކޮށްފައި. ވަޒީފާގެ…
ޝާހިދު މިހެން ވިދާޅުވެފައިވާއިރު، ހައުސިންގ ޑިވެލޮޕްމަންޓް ކޯރޕަރޭޝަން (އެޗްޑީސީ)ގެ ފަސް ވެރިއަކު މިހާރު ވަނީ މަގާމުން އެކަހެރިކޮށް ކުންފުނިން އެމީހުންނަށް ދީފައިވާ އެކްސެސްތައް ކަނޑާލާފައިކަމަށް މަޢުލޫމާތު ލިބިފައިވެއެވެ. މަޤާމުން އެކަހެރި ކޮށްފައިވާ ފަރާތްތަކުގެ ތެރޭގައި އެ ކުންފުނީގެ ޗީފް ޕްލޭނިންގ އޮފިސަރާއި ޗީފް ރިސޯސް އޮފިސަރ ގެ އިތުރުން ލީގަލް ޑިޕާރޓްމަންޓްގެ ހެޑް ހިމެނެއެވެ.
އެޗްޑީސީގެ ބައެއް ޑިޕާޓްމަންޓުތަކުގެ ވެރިން ޒިންމާތަކުން މި ވަގުތަށް އެކަހެރި ކުރިއިރު، އެ ކުންފުނީގެ އައު މެނޭޖިން ޑިރެކްޓަރަކަށް އާރުޑީސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަލީ ޒުހައިރު ވަނީ މިދިޔަ މަހުގެ 30 ގައި އައްޔަންކޮށްފައެވެ.
ކިޔުންތެރިންގެ ހިޔާލު