މަރްޔަމް ނަހްދާ ވަޙީދު   8 އޯގަސްޓު 2025 - 15:36
ބުރިކޮށްފައިވާ ކަރަންޓު ކޭބަލެއް
ބުރިކޮށްފައިވާ ކަރަންޓު ކޭބަލެއް
ފަރީދީ މަގުގައި ހުންނަ ސްޓެލްކޯ ސަބްސްޓޭޝަނަށް ބަޔަކު ވަދެ، ކަރަންޓު ކޭބަލެއް ބުރިކޮށްލި މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން ބުނީ އެ މައްސަލަ ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ ރޭ 21:46 ހާއިރު ކަމަށެވެ.

އެކަން ތަހުގީގުކުރާ ކަމަށް ފުލުހުން ބުނި ނަމަވެސް، މި މައްސަލައިގައި މިހާތަނަށް މީހަކު ހައްޔަރުކުރި ކަމެއް ހާމައެއް ނުކުރެއެވެ.

މީގެ ކުރިން ވެސް ޓްރާންސްފޯމަރުތަކުން ވައްކަންކުރުމުގެ ގިނަ މައްސަލަތަކެއް ފެންމަތިވެފައިވެއެވެ.

ކޭބަލް ވަގަށް ނަގަން ސަބްސްޓޭޝަންތަކަށް ވަންނަ މިންވަރު އިތުރުވެފައިވާއިރު މިއީ ވަރަށް ނުރައްކާތެރި ކަމެކެވެ. މިފަދަ ބައެއް ހާދިސާތަކުން މީހުން މަރުވެފައިވެސް ވެއެވެ.



ކިޔުންތެރިންގެ ހިޔާލު