އައްޑޫ ސިޓީން ވިޔަފާރިއަށް ގިނަ އަދަދެއްގެ ބިން ދޫކުރުމަށް ނިންމައި އެތަންތަނަށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
އައްޑޫ ސިޓީ ކައުންސިލުން އިއްޔެ ކުރި އިއުލާނެއްގައި ބުނީ އައްޑޫގެ ހިތަދޫ އަވަށުން 19 ބިމެއް ފަރުދުންގެ ވިޔަފާރިއާއި ކުންފުނި އަދި ޕާޓްނާޝިޕްތަކަށް ދޫކުރަން ނިންމާފައިވާ ކަމަށާއި ބިންތައް ކުއްޔަށް ދޫކުރަން ނިންމާފައިވަނީ އާންމު ވިޔަފާރި، ކެފޭ ރެސްޓޯރެންޓް، ގާ އެޅުން، ހެވީ/ލައިޓް އިންޑަސްޓްރިއަލް ފަދަ ވިޔަފާރިތަކަށް ކަމަށެވެ.
އޭގެ ތެރޭގައި 1500 އަކަ ފޫޓުން ފެށިގެން 30،000 އަކަފޫޓުގެ ބިންތައް ހިމެނެއެވެ. އޭގެ ތެރެއިން 14 ބިމެއް ދޫކުރަން ނިންމާފައި ވަނީ ހެވީ/ލައިޓް އިންޑަސްޓްރިއަލް ފަދަ ވިޔަފާރިތަކަށެވެ.
ސިޓީ ކައުންސިލްގެ އިއުލާނުގައިވާ ގޮތުން ބީލަމުގައި ރަޖިސްޓްރީވުމުގެ ފުރުސަތު މި މަހުގެ 21 ވަނަ ދުވަހާ ހަމައަށް އޮންނާނެއެވެ.
އައްޑޫ ސިޓީ ކައުންސިލުން ގިނަ ބިންތަކެއް ދޫކުރަން އިއުލާނު ކޮށްފައި މިވަނީ، ކައުންސިލްގެ ދައުރު ހަމަވާން އެއް އަހަރަށްވުރެ ކުރު މުއްދަތަކަށް ވެފައި އޮތްނަމަ، ބިންތައް ކުއްޔަށް ދޫނުކުރެވޭގޮތަށް ލާމަރުކަޒީ ގާނޫނަށް އިސްލާހު ގެނައުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވަނިކޮށެވެ.
ނަމަވެސް، މިހާތަނަށް އެ ބިލް ރައީސް ތަސްދީގު ކުރައްވާފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު