ސްރީލަންކާގެ ކާށްޓާއި ބެހޭ ސްޓޭޓް މިނިސްޓަރ، އަރުންދިކާ ފެނާންޑޯ، އެކި ކަހަލަ ރުކާއި އޭގެން އުފެދޭ އެކި ބާވަތްތައް ޕްރޮމޯޓް ކުރުމަށް އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުން ރުކެއްގެ ކުރީގައި ކުރިއަށްގެންގޮސްފިއެވެ.

ސްޓޭޓް މިނިސްޓަރ އޮފް ކޮކަންޓް، ނޫސްވެރިންގެ ބައްދަލުވުމުގައި، ނޫސްވެރިންނާ ވާހަކަ ދައްކަވަން ފެއްޓެވީ ރުކަކަށް އެރުއްވައި ހުންނަވައިގެން ކަމަށް ނޫސްތަކުގައި ބުނެފައި ވެއެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި، މުޅިދުނިޔެއަށް ކުރުނބަޔާ ކާށީގެ ޑިމާންޑް ބޮޑުވެ އެބާވަތްތަކުގެ އަގުމައްޗަށް ގޮސްފައިވާކަމަށް، ރުކަށް އަރާ އޮންނަވައިގެން، ނޫސްވެރިންނާ ވާހަކަ ދައްކަވަމުން، ސްޓޭޓް މިނިސްޓަރ އަރުންދިކާ ފެނާންޑޯ ވިދާޅުވެފައިވެއެވެ. އަދި ރުކަށް އަރައި ކާއްޓާ ކުރުނބާ އެޅުމާއި ރުކުރާ ބޭލުމުގެ ވަޒީފާއަށް މީހުން ނުލިބޭކަމަށްވެސް ސްޓޭޓް މިނިސްޓަރ ފާހަގަކުރައްވާފައިވެއެވެ.

ސްޓޭޓް މިނިސްޓަރ އަރުންދިކާ ފެނާންޑޯ، ނޫސްވެރިންގެ ބައްދަލުވުމަށް ރުކަށް އަރާވަޑައިގެންފައިވަނީ ސްރީލަންކާގެ އަވަށަކަށް ނިސްބަތްވާ މީހަކު ހަދާފައިވާ، ރުކަށް އެރުމަށް ހާއްސަ މެޝިނެއް ބޭނުންކުރަށްވައިގެންނެވެ. އަދި މި މެޝިނު އާންމުކޮށް ބަޒާރަށް ނެރުމަށް ހަމަޖެހިފައިވާ ކަމަށްވެސް ސްޓޭޓް މިނިސްޓަރ ފާހަގަ ކުރެއްވިއެވެ.

ރުކަށް އަރައި ކާއްޓާ ކުރުނބާ އެޅުމާއި، ރުކުރާ ބޭލުމުގެ ވަޒީފާއަށް މީހުން ލިބުންދަތިވި ކަމުގައިވިނަމަވެސް، ސްރީލަންކާއަަށް އެހެން ގައުމަކުން ކާށި އިމްޕޯޓް ނުކުރާނެ ކަމުގެ ޔަގީންކަން ސްޓޭޓް މިނިސްޓަރ ވަނީ ދެއްވާފައެވެ.


ކިޔުންތެރިންގެ ހިޔާލު


4

ކާސޮރު

19-Sep-2020

މިގައުމުގެ ވެސް ސްޓޭޓް މިނިސްޓަރ އޮފް ޓޫނާ, ސްޓޭޓް މިނިސްޓަރ އޮފް ,ކާޅު, ސްޓޭޓް މިނިސްޓަރ އޮފް ބުޅާ, ސްޓޭޓް މިނިސްޓަރ އޮފް ކަނޑޫފާ ކަހަލަ މަގާމްތަކަށް ބޭފުޅުން ހަމަޖައްސަ ބަލަ އިބޫ



ޓްރެންޑިން