ކާނިވާ ސަރަޙައްދު
ކާނިވާ ސަރަޙައްދު
މާލޭ ކާނިވާ ސްޓޭޖުގެ ފުރާޅުން ހަލާކުވެފައި ހުރި ބައިތައް ނަގައިފިއެވެ.

މާލޭ ސިޓީ ކައުންސިލުން މިއަދު ބުނީ، ރައްޔިތުންނަށް ދިމާވެދާނެ ނުރައްކަލަކުން ސަލާމަތްކުރުމަށްޓަކައި، ކާނިވާ ސްޓޭޖްގެ ފުރާޅުން ހަލާކުވެފައިވާ ބައިތައް ނަގައި އެތަން ސާފުކޮށްފައިވާ ކަމަށެވެ.

ކާނިވާ ފުރާޅުން ހަލާކުވެފައިވާ ބައި ކައުންސިލުން ނަގާފައިވާއިރު، މާލެ ސީޓީގެ ކާނިވާ ސަރަޙައްދުގައި މިހާރު ހުރި ސްޓޭޖު ތަޅާލުމަށް ފަހު، އެ ތަނުގައި އައު ސްޓޭޖެއް އެޅުމުގެ މަސައްކަތް މިއަހަރުގެ މާޗު މަހުގެ 14 ވަނަ ދުވަހު ސިޓީ ކައުންސިލުން ވަނީ ޔޫ.އެޗް އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑާ ޙަވާލު ކޮށްފައެވެ.

ކައުންސިލުން މި މަސައްކަތް ނިންމަން ހަވާލުކޮށްފައިވާ މުއްދަތަކީ، 2025 ވަނަ އަހަރު މާރޗް މަހުގެ 14 ވަނަ ދުވަހުން ފެށިގެން 2025 ވަނަ އަހަރު ޖުލައި މަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށް، ޖުމްލަ 140 ދުވަހަށެވެ.

4.8 މިލިއަން ރުފިޔާއަށް ޙަވާލުކުރި މި މަސައްކަތް މުއްދަތު ފާއިތުވެގެން ދިޔައިރުވެސް ކުރެވިފައެއް ނުވެއެވެ.

އަލިމަސް ކާނިވާ ސަރަހައްދު ތަރައްގީ ކުރުމުގެ އެކި ޕްލޭންތައް އެކި ސަރުކާރުތަކުން ހެދިނަމަވެސް އެތަން ތަރައްގީ ކުރުމުގެ އެއްވެސް މަސައްކަތެއް މިހާތަނަށް ކުރެވިފައެއް ނުވެއެވެ. މިތަނަކީ މީގެ 21 ވަރަކަށް އަހަރު ކުރިން ރާއްޖޭގެ ތަޢުލީމުގެ މުންނާރު ކަމުގައިވާ މަޖީދިއްޔާ ސްކޫލަށް 75 އަހަރު ފުރުމުގެ މުނާސަބަތުގައި ހުޅުވި ކާނިވަލެކެވެ.



ކިޔުންތެރިންގެ ހިޔާލު