މާލެ ސަރަހައްދުގައި ދިރިއުޅޭ ފަރާތްތަކަށް ބޯހިޔާވަހިކަން މަގުފަހިކޮށްދިނުމަށް ގުޅީފަޅުން ދޫކުރާ ގޯތިތަކުން ގޯތި ލިބުނު ފަރާތްތަކުގެ ތެރެއިން 800 އަށްވުރެ ގިނަ ފަރާތަށް ރަޖިސްޓްރީ ދޫކޮށްފިއެވެ.
ހައުސިންގ މިނިސްޓްރީން މިއަދު ބުނީ، ގުޅީފަޅުގެ ލޭންޑް ޔޫސް ޕްލޭން (އެލްޔޫޕީ) އަށް ގެނެވުނު ބަދަލާ ގުޅިގެން ގުރުއަތު ނެގުމަށްފަހު، ގޯތި ލިބިފައިވާ ފަރާތްތަކަށް ރަޖިސްޓްރީ ދޫކުރުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން މިހާތަނަށް 843 ފަރާތަކަށް ރަޖިސްޓްރީ ދޫކުރެވިފައިވާ ކަމަށެވެ.
މިދިޔަ މަހުގެ 12 ވަނަ ދުވަހު ގެދޮރުވެރިޔާ ސްކީމްގެ ދަށުން ގުޅިފަޅުން ގޯތި ލިބިފައިވާ ފަރާތްތަކަށް ރަޖިސްޓްރީ ދޫކުރަން ފަށާފައިވާއިރު ރަޖިސްޓްރީ ދޫކުރުމުގެ މަސައްކަތް ކުރިއަށް ގެންދަނީ ކުރިން ހައުސިންގ މިނިސްޓްރީ ހިންގި އިމާރާތް ހުންނަ ބިމުގައެވެ.
މިނިސްޓްރީން މިއަދު ބުނީ، ގުޅިފަޅުން ގޯތި ލިބުނު ފަރާތްތަކަށް ގޯތީގެ ރަޖިސްޓްރީ ހަވާލުކުރުމުގެ މަސައްކަތް ދެމަހެއްހާ ދުވަހުގެ ތެރޭގައި ނިންމާލުމަށް މަސައްކަތް ކުރަމުން ދާކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު