ފިކުރީ މުދާ ރައްކާތެރި ކުރުމުގެ ޤާނޫނެއްގެ މުހިންމުކަން އިދިކޮޅު ފަރާތްތަކުންވެސް ފާހަގަ ކުރަށްވާ ކަމަށް ޕީއެންސީ ޕީޖީ ގްރޫޕްގެ ލީޑަރު އިބްރާޙިމް ފަލާހް ވިދާޅުވެއްޖެއެވެ.
އިންޓަރލެކްޗުއަލް ޕްރޮޕަރޓީ އޮފީސް ގާއިމްކުރުމާއި ބެހޭ ބިލުގެ ރިޕޯޓް ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި މިއަދު އިއްވަވަމުން ފަލާހް ވިދާޅުވީ އެބިލުގެ މުހިންމުކަން އިދިކޮޅު ފަރާތްތަކުން ވެސް ފާހަގަ ކުރަށްވާ ކަމަށެވެ.
ހަމައެއާއެކު އެ ބިލު ޤާނޫނަކަށް ވުމާއެކު ފިކުރީ މުދާ ރައްކާތެރިކުރުމަށް ރަނގަޅު ގާނޫނީ އޮނިގަނޑެއް ލިބިގެންދާނެ ކަމަށް ފަލާޙް ވަނީ ވިދާޅުވެފައެވެ.
އިންޓެލެކްޗުއަލް ޕްރޮޕަޓީ އޮފީހުގެ ބިލަކީ ރާއްޖޭގައި ފިކުރީ މުދާ ހިމާޔަތްކޮށް ކުރިއެރުވޭނެ ހަރުދަނާ ނިޒާމެއް ގާއިމުކޮށް، ވިޔަފާރީގެ ދާއިރާގައި ފަންނުވެރިކަމާއި އާ އީޖާދުތަކަށް ހިތްވަރުދިނުމަށް މަސައްކަތްކުރާނެ އޮފީހެއް ގާއިމުކުރުމަށްޓަކައި ސަރުކާރުގެ ފަރާތުން ހުށަހެޅި ބިލެކެވެ.
އެބިލު ދިރާސާ ކޮށްފައިވަނީ މަޖިލީހުގެ އިޤްތިޞާދީ ކޮމިޓީންނެވެ.
ބިލްގައިވާ ގޮތުން އެ އޮފީސް ހިންގާނީ އިކޮނޮމިކް މިނިސްޓްރީގެ ދަށުންނެވެ. އަދި އެ އޮފީހުގެ ކަންކަމާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހަށް ޖަވާބުދާރީވާނީ އިކޮނޮމިކް މިނިސްޓަރެވެ.

ކިޔުންތެރިންގެ ހިޔާލު