ށ. ފޯކައިދޫ އުސްފަސްގަނޑާއި ނޭޗަރ ޕާކު ތަރައްޤީކޮށްދޭނެ ފަރާތެއް ހޯދުމަށް އެ ރަށު ކައުންސިލުން އިއުލާނުކޮށްފިއެވެ.
ފޯކައިދޫ ކައުންސިލުން އާންމުކޮށްފައިވާ އިއުލާނުގައި ބުނެފައިވަނީ، މި މަސައްކަތައް ޝައުޤުވެރިވާ ފަރާތްތަކުން ބީލަމުގައި ރަޖިސްޓްރީކުރެއްވުމަށް ގެޒެޓް ލިންކުގައިވާ ބިޑު ރަޖިސްޓްރޭޝަން ފޯމް ފުރުއްވުމަށްފަހު 2025 އޯގަސްޓް 17 ވާ އާދިއްތަ ދުވަހުގެ 12:00ގެ ކުރިން މެއިލްކުރަން ޖެހޭނެ ކަމަށެވެ.
މިކަމަށް ހުށަހަޅާ ބިޑު ބަލައިގަތުން އަދި ހުޅުވުން އޮންނާނީ 2025 އޯގަސްޓް 24 ވާ އާދިއްތަ ދުވަހުގެ މެންދުރު 1 ޖަހާއިރު ފޯކައިދޫ ކައުންސިލް އިދާރާގައި ކަމަށް އިއުލާނުގައި ވެއެވެ.
ބިޑު ހުށަހަޅާއިރު، ބިޑު އޮންނަންވާނީ ސިޓީ އުރައެއްގައި ބަންދުކުރެވިފައިކަމަށާއި ސިޓީއުރައިގެ ބޭރުގައި ހުށަހަޅާ ފަރާތުގެ ނަމާއި، އިޢުލާން ނަންބަރާއި، ކޮން ކަމަކަށް ހުށަހަޅާ ބިޑެއްކަން ލިޔެފައި އޮންނަންވާނެ ކަމަށް ކައުންސިލުން ވަނީ ބުނެފައެވެ.
މީގެ އިތުރުން މި މަސައްކަތަށް އެދި ކުރިމަތިލެވޭނީ ދިވެހިރާއްޖޭގެ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނުގެ ދަށުން ރަޖިސްޓަރީވެފައިވާ ކުންފުނިތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނުގެ ދަށުން ރަޖިސްޓަރީވެފައިވާ ފަރާތްތަކަށާއި، ޖަމްޢިއްޔާތަކާބެހޭ ޤާނޫނުގެ ދަށުން ރަޖިސްޓަރީ ކޮށްފައިވާ ޖަމާޢަތްތަކަށް ކަމަށްވެސް ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު